ޑްރޯންތައް އިފުތިތާހު ކުރުން އޮންނާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
ތުރުކީން ގަތް ޑްރޯންތައް ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ ކުރިން އަންގާރަ ދުވަހު މީގެ ޓެސްޓް ދަތުރުތަކެއް ވެސް އަންގާރަ ދުވަހު މާފަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
ރާއްޖެ ގެނައި އަސްކަރީ ޑްރޯންތަކުގެ ތަފުސީލެއް އަދި ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ. އިތުރު ޑްރޯންތައް ވެސް ގެންނަން ވަނީ ނިންމައިފަ އެވެ.
ޑްރޯންތައް އިފްތިތާހު ކުރުމުގެ ކުރިން ޓެސްޓު ބުރުތަކެއް މާފަރުގައި ޖަހާފައިވެއެވެ. މި ޑްރޯންތައް މިރޭ އިފްތިތާހްކުރަން ހަމަޖެހިފައިވާއިރު، ޑްރޯންތައް އޮޕަރޭޓް ކުރާނީ ވެސް ދިވެހި ސިފައިންނެވެ.