ads
އީގަލްސް ރޭސްގެ ކުޅުންތެރިން
ތްރީ އޮން ތްރީ ޗެމްޕިއަންކަން އީގަލް ރޭސްއަށް
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ބްލޫމްސްކޮޑް އަދި އަންހެން ބައިގެ ޗެމްޕިއަންކަން އީގަލް ރޭސް ހޯދައިފިއެވެ.

މައިލޯ ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖް 2024 ގެ ސީނިއަރ ބައިގެ ޗެމްޕިއަންކަން ހޯދީ އިންކްޑް އާއި ދަ ބައުސްއިންނެވެ. ސީނިއަރ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަ ބައުސްއިން ހޯދީ ފައިނަލް މެޗުގައި ޝޫޓާސްއާ ވާދަކޮށް 21-18 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި ސީނިއަރ އަންހެން ބައިގެ ޗެމްޕިއަންކަން އިންކްޑްއިން ހޯދާފައިވަނީ ފައިނަލް މެޗުގައި ރައިސް އަތުން 16-9 ޕޮއިންޓުން މޮޅުވެގެންނެވެ.

15 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލް މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ވޮރިއާސްއެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ޒާކިން އެފްސީއާ ވާދަކޮށް 12-9 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އަދި މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ޖޭޑުން ހޯދިއިރު، ފައިނަލުގައި އެ ޓީމު ވަނީ 8-5 ޕޮއިންޓުން މަމްބާ ބަލިކޮށްފައެވެ.

18 އަހަރުން ދަށުގެ ފިިރިހެން ބައިގެ ފައިނަލް މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ވޫ-ޓަންގް އިންނެވެ. އެ ޓީމުން ވަނީ ފައިނަލުގައި އެއާބޯލާސް އަތުން 12-7 އިން މޮޅުވެފައެވެ. އަދި މި އުމުރުފުރާގެ އަންހެން ބައިގެ ފައިނަލުގައި 17-12 ޕޮއިންޓުން ސްވިފްޓީސް ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ޕަވާޕަފް ގާލްސްއެވެ.

ތުރީ އޮން ތުރީ ރަމަޟާން ޗެލެންޖުގައި މި އަހަރު ހަތަރު ކެޓަގަރީއެއްގައި ޖުމްލަ 81 ޓީމު ވަނީ ވާދަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް