ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ފައިބާ 5އެމް ސްޓާޓާއިން ފެށިގެން ފައިބާ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.
މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި، އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަން ހަސަން ޝާހިރު އާދަމް ވިދާޅުވީ މި އޮފާގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި ރަމަޟާން މަހަށް ހާއްސަކޮށް ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ފަސް އޮފާއެއް ތައާރަފްކޮށްފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.