ads
ސްޓެލްކޯ ހެޑް އޮފީސް
ކަރަންޓު ވިއުގަ މައްޗަށް ދަގަނޑު ޖަހައިގެން އިސްތިހާރު ބޯޑު ހަރުނުކުރޭ: ސްޓެލްކޯ
ކަރަންޓު ވިއުގަ މައްޗަށް ދަގަނޑު ޖަހައިގެން އިސްތިހާރު ބޯޑު ހަރުނުކުރުމަށް ސްޓެލްކޯއިން އަންގައިފި އެވެ.
Advertisement

ސްޓެލްކޯއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓާރް މާލެ ސަރަހައްދުގައި ހިމެނޭ ސިޓީތަކަށް ކަރަންޓު ދިނުމަށް އެ ކުންފުނިން އަޅާފައިވާ 132 ކިލޯ ވޯޓްގެ ކޭބަލްތަކުގެ މައްޗަށް އެކި ފަރާތްތަކުން ޕްރޮމޯޝަނަލް ބިލްބޯޑް ހަރުކުރުމަށް ދަގަނޑު ޖަހަމުން އަންނަކަމަށް ފާހަގަ ވަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ އެއް ސަބްޝްޓޭޝަން އިން އަނެއް ޝްޓޭޝަން 200 މެގަ ވޯޓް ކަރަންޓު ގެންދިއުމުގެ ގާބިލްކަން ލިބިގެންވާ ސަރުކާރުން ހަރަދުކޮންގެން ހަމަ އެކަނި ހަދާފައިވާ ވިއުގަ ކަމަށާއި މި ވިއުގައަށް ގެއްލުން ލިބޭނެ ފަދަ ކަމެއް ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"މި ވިއުގަގެ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑުން ފެށިގެން ސިނަމާލެ ބްރިޖް ހުރަސްކޮށް. މިވައުގަގެ ކޭބަލް ހުންނާނީ ޗާރްޖް ކޮށްފައި އެހެން ކަމުން ދަގަނޑު ޖަހައިގެން އެ ކޭބަލް އަށް ގެއްލުން ވެއްޖެ ނަމަ އެ ދަގަނޑު ހަރާ ފަރާތަށް ފުރާނައަށް ނުރައްކާވުން އެކަށީގެ ވޭ" ސްޓެލްކޯ އިން ބުނެ އެވެ

މިކަމާއި ގުޅުން ހުރި ހުރިހާ މައުލޫމާތެއް ކަމާއި ގުޅުން ހުރި ފަރާތަކަށް ލިބިގެންގޮސްފައިވާނެ ކަމަށާއި އެހެން ކަމުން މި ފަދަ ކަންކަމަށް ހުއްދަ ދޫކުރާއިރު ޒިންމާދާރު ކަމާއި ފަރުވާތެރިކަމާއި އެކު ދޫކުރުމަށް ސްޓެލްކޯއިން ބުނެ އެވެ. 

ސްޓެލްކޯއިން ބުނީ މި ވިއުގަ މާލެ ސަރުހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް މުހިންމު ރޯލެއް ކުޅޭ ކަމަށާއި މި ވިއުގެ އެއްވެސް ކޭބަލް އަކަށް ގެއްލުންވެއްޖެ ނަމަ މާލެ ސަރަހައްދަށް ކަރަންޓު ދޫކުރުމަށް ހުރަސްތަކެއް ކުރިމަތި ވުން އެކަށީގެންވާ ކަމަށާއި މިި ވިއުގައަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަން ހައްލުކުރަން ވަރަށް ވަގުތު އަދި ފައިސާ ހޭދަ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

އެހެން ކަމުން މި ވިއުގަ އަށް ދަގަނޑު ހަރައިގެން އެ ވިއުގަގެ ކޭބަލް އަށް ގެއްލުންވެއްޖެ ނަމަ އެ ކަން ކުރާ ފަރާތަކަށް ދައުވާކޮށް އެ ކަމުގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަަތް އެ ކުންފުނި ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް