ފަންބޮނޑީގެ ޑިރެކްޓަ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ވިދާޅުވީ އެކުންފުނިން މަޑިފުށީގައި ގާއިމް ކުރަނީ ޒަމާނީ ހިދުމަތްތައް ފޯރުކޮށްދެވޭ ނެޓްވޯކެއް ކަމަށާއި ނެޓްވޯކްގެ ސަބަބުން މަޑިފުށީގެ ރައްޔިތުންގެ ފިކުރީ މުއްސަނދިކަން އިތުރުވެގެންދާނެ ކަން ޔަގީން ކުރައްވާ ކަމަށެވެ.
ފަންބޮނޑިން އެންމެ ފުރަތަމަ މިފަދަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ވިލުފުށީގަ އެވެ. ފަންބޮނޑީގެ މި ނެޓްވޯކްގައި މިހާރު ވެސް ރާއްޖޭ އެންމެ ބޮޑު މުއާސަލާތީ ދެކުންފުނި، އުރީދޫ އާއި ދިރާގުން ވެސް ހިދުމަތް ފޯރުކޮށްދެމުންގެންދެ އެވެ.
ފައިބަރ އޯޕަން އެކްސެސް ނެޓްވޯކްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މުއާސަލާތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ.