ads
ވަޒީރުންގެ މަޖިލިސް
ކަނޑިންމާހުރާއާ ފަރުމުލި އަކީ މާފަރުގެ ބައެއް ކަމުގައި ކަނޑައަޅައިފި
ފަރުމުލިއާއި ކަނޑިންމަހުރާއަކީ ނ. މާފަރު ބައެއްކަމަށާއި، ވެލިދޫދިއްގާ ފަޅަކީ އއ. ބޮޑުފޮޅުދޫ ބައެއްކަމުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި ގަރާރުގަައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސް އަށް ލިބިދޭ ބާރުގެ ދަށުން ނ އަތޮޅު ފަރުމުލި އާއި ކަނޑިންމާހުރާ އަކީ ނ. މާފަރުގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ. 

މީގެ އިތުރުން އަރިއަތޮޅު އުތުރުބުރީ "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުންނެއެވެ.

ނ. މާފަރުގެ އިހުތިސާސުން ދެ ފަޅުރަށާއެކު، ފަޅުގެ ބޮޑުބައެއް ކުރީ ސަރުކާރުން އުނިކޮށްފައިވުމުން އެބައި އަނބުރާ ހޯދައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް