މި މުބާރާތް ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ، ހޫނު ތަރުހީބެއް ލިބުނު މި މުބާރާތް އުރީދޫން ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެންނެވެ.
އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ:
އުރީދޫ ނޭޝަންގެ ފަރާތުން ރާވައިގެން ކުރިއަށް ގެންދާ މި މުބާރާތްތަކަކީ ރާއްޖޭގައި ކުރިއަރަމުންދާ އީ-ސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ، އެންމެން އެއްތަނަކަށް ގެނެސް، ވާދަކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މުބާރާތްތަކެއް ކަމަށް އުރީދޫން ބުނެ އެވެ.
އުރީދޫ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއް ކުރިއަށް ދަނީ - ފޮޓޯ:އުރީދޫ
އުރީދޫން ބުނީ އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ އަދި މިކަމުގައި އުޅޭ ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް ކަަމަށެވެ.
އުރީދޫ ނޭޝަން ގޭމާސް ލޭންޑްގެ ކުރިއަށް ހުރި މުބާރާތްތައް ވަރަށް އަވަހަށް އިއުލާނު ކުރެވިގެން ދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.