ads
ފައިސަލް
ފޮނަދޫ އާއި ގަމުގައި ދެން އޮންނާނީ މޭޔަރު އިންތިހާބު: ފައިސަލް
ލ. އަތޮޅު ފޮނަދޫއާއި ގަން މި ވެރިކަމުގައި ސިޓީއަކަށް ބަދަލުކޮށްވާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލިސް އިންތިހާބުގައި ލ އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރަން މިއަދު ހަވީރު ފޮނަދޫގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފޮނަދޫއާއި ގަން ސިޓީއަކަށް ބަދަލުކޮށް ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގޮތަށް މުޅި އަތޮޅު ތަރައްގީ ކުރައްވާނެކަމަށެވެ. 

"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގަމާއި ފޮނަދޫ ތަރައްްގީކޮށް އެ ސިޓީގައި ޒަމާނީ ހޮސްޕިޓަލާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރާނެކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ވެސް ހައްލު ހޯދާ ދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ. 

ލ. އަތޮޅަށް ގެންނަވާ ތަރައްގީގެ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ފަތުރުވެރިކަން އެ އަތޮަޅަށް ގެނައުމުގެ ގޮތުން ވަން އައިލެންޑް ކޮންސެޕްޓަށް ހަތަރު ރިސޯޓު ތަރައްގީކޮށްދެއްވާނެކަމަށެވެ. އަދި މިކަމުގެ މަޝްވަރާތައް ބޭރުގެ ފަރާތްތަކާއި އެކު ކުރަމުން އަންނަކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭ ދުބާއީގެ އިންވެސްޓަރެއްގެ ކުންފުންޏަކާއެކު މަޝްވަރާކޮށް ލ. އަތޮޅުން ރަށެއް ފަތުރުވެރިކަމަށް ކުއްޔަށް ދޭނެކަމަށެވެ. 

"ޚާއްސަކޮށް ބަރެސްދޫ ޕްރޮޖެކްޓު އަޅުގަނޑުމެން ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ހަދާނަމު. އަދި ލ. އަތޮޅުގައި ވަން އައިލެންޑް ކޮންސެޕްޓުގެ ހަތަރު ރިސޯޓު މަދުވެގެން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ވެރިކަމުގައި އަޅުގަނޑުމެން ގާއިމްކުރާނަން،" ފައިސަލް ވިދާޅުވިއެވެ.

ލ. ފޮނަދޫގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުއްރަހީމް އެ ގޮނޑި ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް