ފުލުހުން ބުނީ ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަނިކޮށް މޫދަށް ވެއްޓުނު ކަމުގެ ރިޕޯޓު ރޭ ލިބުނުކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށެވެ.
އެނގިފައިވާ ގޮތުގައި ކާރު ދޯންޏަށް ބަރުކުރި ވަގުތު އެގައި މީހެއް އިންނެވެ. އެހެންނަމަވެސް މޫދަށް ކާރު ވެއްޓި އަޑިއަށް ދިއުމުގެ ކުރުން އެމީހާ ވަނީ ކާރުން ނުކުމެފައެވެ.
ފުލުހުން ބުނީ މިހާރު އެ ކާރު ވަނީ މޫދުން ނަގާ ދޯންޏަށް އަރުވާފައިކަމަށެވެ.