މިބައްދަލުކުރެއްވުމުގައި ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަޑައިގެންނެވި ވަފުދަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި މަޝްރޫޢުތަކާއި އަދި ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ޑރ.ޝަހީމް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކަށްވަނީ އިސްލާމީ ސައްހަ އަގީދާ ބަޔާންކޮށްދިނުމާއި އިސްލާމީ މެދުމިންތަކުގެ ރިވެތި އުސޫލު އަށަގެންނެވުމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުންކަމަށެވެ.
ސައުދީ އަރަބިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްތަކަކީ ވަޒީރު ޑރ.ޝަހީމު ސައުދީއަށް ކުރެއްވި ދަތުރުތަކުގެތެރެއިން ކާމިޔާބު ކުރެވުނު މަސައްކަތްތަކެއްކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.