ރައީސް ޑރ.މުހައްމދު މުއިއްޒު ވަނީ 20 ވަނަ މަޖިލިސް ގެ އިންތިހާބި މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް މުއިއްޒު، ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް މަޖިލިސްގެ ރައީސްކަމަށް ހުށަހަޅުއްވާފައިވާއިރު ހުރިހާ މެމްބަރުންވެސް ވަނީ މިކަމަށް އެއްބަސްވެވަޑައިގަންނަވާ ތާއީދުކުރައްވާފައެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް ކަށަވަރުވުމާއިއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވަނީ ފޭސްބުކް ޕޯސްޓެއްގައި ބައްޕާފުޅުގެ ހަޔާތްޕުޅަށް ބައްލަވާލައްވާ، މިހިސާބަށް ބައްޕާފުޅު އަބްދުއްރަހީމް އައުމަށް ކުރެއްވި ބުރަ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލާފަ އެވެ.
އެ ޕޯސްޓްގައި ފައިސަލް ވަނީ ބައްޕާފުޅު އަބްދުއްރަހީމްއަކީ އާދަޔާއި ހިލާފު އިންސާނެއްގޮތުގައި ސިފަކުރައްވާފައެވެ. މާލެއަށް ކިޔަވަން އައިސް، އެތަކެއް ތަކުލީފުގައި އުޅުއްވުމަށްފަހު ޒުވާންއުމުރުގައި ވަޒީފާއަށް ނިކުމެ ޒަވާޖީ ހަޔާތެއް ފެއްޓެވި އަބްދުއްރަހީމްއަކީ އަތޮޅާއި ރަށަށްވެސް ގިނަ ގުނަ ހިދުމަތްތައް ކުރެއްވި ބޭފުޅެއްކަން ފައިސަލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ. ބައްޕާފުޅު މަސައްކަތްކުރެއްވީ ހިތްވަރު އެލުވާނުލާ، ފަހަތަށް ފިޔަވަޅެއް ނާޅާ، ނުހަނު ވަރުގަދަ ޢަޒުމާ ގަދަ ހިތްވަރާއި އެކު ކަމަށްވެސް ފައިސަލް ފާހަގަކުރެއްވި އެވެ.
20 ވަނަަ މަޖިލީހުގެ ރައީސްކަން ބައްޕަ ހޯދެއްވުން އެއީ ބައްޕާފުޅު އަބްދުއްރަހީމްގެ ސިޔާސީ ތާރީގުގައި ހޯއްދެވި ވަރުގަދަ ޖާގައެއްކަމަށް މިނިސްޓަރު އިބްރާހީމް ފައިސްލް ވަނީ ފާހަގކުރައްވާފަ އެވެ.
މީގެ އިތުރުން އެފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ބޮޑު ފަހުރުވެރިކަމެއް ކަމަށާއި ބަޔާން ކޮށްދޭންވެސް ދަތިކަމެއްކަމަށް ފައިސަލް ވިދާޅުވި އެވެ.
އަބްދުއްރަހީމް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ދާއިރާގެ އިތުރު 4 ކެންޑިޑޭޓުންނާ ވާދަކުރައްވާގެންނެވެ. 20 ވަަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހުވާކުރެއްވުމަށް ހަަމަޖެހިފައިވަނީ މި މަހުގެ 28ގައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;