އެޗްޑީސީގެ އިއުލާނެއްގައި ބުނަނީ މިދިޔަ އަހަރު ކުރި އިއުލާނާއި އެއްގޮތަށް ހުޅުމާލޭގައި ބިން ހިއްކާ ސަރަހައްދުގައިވާ ސަފާރީތަަކަށް އެ ސަރަހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާ ހިނގާފައިވާ ކަމަށެވެ.
އެޗްޑީސީން ކުރި އިއުލާނުގައި ފާހަގަކޮށްފައިވަނީ އެ ސަރަހައްދުގައިވާ ސަފާރީތައް މި މަހުގެ 30ގެ ކުރިން ނެގުމަށެވެ.
އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އެޅުމަކީ ވެސް މަނާ ކަމެއް ކަަމަށްވެސް އެ އިއުލާނުގައި ބުނެ އެވެ.