ads
އިޓަލީ ކުޅުންތެރިން
އަލްބޭނިއާ ރިކޯޑް ފޮތަށް، އިޓަލީއަށް މެޗު
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ އަވަހަށް ޖެހި ލަނޑާއެކު، އަލްބޭނިއާ ރިކޯޑު ފޮތުން ޖާގަ ހޯދި މެޗުން އިޓަލީ އަތުން އެ ޓީމު ބަލިވެއްޖެއެވެ.
Advertisement

އަލްބޭނިއާއާ އިޓަލީ ކުޅުނު މެޗުގައި މެޗު ފެށިގެން އެންމެ 22 ސުކުންތުގެ ތެރޭގައި އަލްބޭނިއާއިންވަނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ކޮޅަށް ލަނޑު ޖަހާފައެވެ. 

މި ލަނޑާއެކު، ޔޫރޯގައި އެންމެ އަވަހަށް ޖެހި ލަނޑުގެ ރިކޯޑް އަލްބޭނިއާއަށް ލިބުނު ނަމަވެސް އިޓަލީންވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި މެޗު އަނބުރާލާފައެވެ. އަލްބޭނިއާގެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަލްބޭނިއާގެ ނަދީމް ބައިރާމީ އެވެ.

ނަދީމް ބައިރާމީގެ މި ލަނޑުގެ މިއީ، ޔޫރޯގެ ތާރީހުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. މީގެ ކުރިން، ޔޫރޯގައި އެންމެ އަވަސް ގޯލެއް ޖެހުމުގެ ރެކޯޑް އޮތީ 2004 ވަނަ އަހަރުގެ މުބާރާތުގައި، ގްރީސް ކޮޅަށް ރަޝިއާ އިން 1 މިނިޓް ފަސް ސިކުންތު ތެރޭގައި ޖެހި ލަނޑަށެވެ.

އަނެއްކޮޅުން މިއީ، އިޓަލީ ކޮޅަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ވަން އެންމެ އަވަސް ގޯލުވެސް މެއެވެ. މީގެ ކުރިން ފުރަތަމަ މިނިޓުގައި އިޓަލީ ކޮޅަށް ލަނޑެއް ވަދެފައިވަނީ  1978 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައެވެ.

އަލްބޭނިއާއިން މެޗުގެ ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހައި ކުރި ހޯދައިފީނަމަވެސް އެ ސްކޯ އެ ޓީމަށް ހިފެހެއްޓުނީ 10 ވަރަކަށް މިނިޓަށެވެ. މެޗުގެ 11 ވަނަ މިނިޓްގައި އިޓަލީންވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެއްވަރުކުރީ އަލެސަންދްރޯ ބަސްޓޯނީ ޖެހި ލަނޑުންނެވެ. 

އޭގެ އެންމެ ފަސް މިނިޓް ފަހުން އިޓަލީންވަނީ ލަނޑެއް ޖަހައި މެޗު އަނބުރާލާފައެވެ. އިޓަލީ މޮޅުވި ލަނޑު ޖެހީ  ނިކޯލޯ ބަރޭލާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް