ads
މެނިންގޮކޯކޮލް ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑު
މެނިންގޯކޮކަލް ބައްޔަކީ ކޮބާ؟
ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭސްއެއް ރާއްޖެއިން މިއަދު ފެނި, ދިވެހިން މި ވަގުތު ތިބީ ހާސްކަމެއްގެ ތެރޭގަ އެވެ.

ރާއްޖެއިން އިންވޭސިވް މެނިންގޯކޮކަލް ބަލީގެ މީހަކު ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ރަސްމީކޮށް އަދި ނުބުނި ނަމަވެސް އިންވޭސިވް މެނިންގޯކޮކަލް ބައްޔާ ގުޅުން ހުރި މައުލޫމާތު އެޗްޕީއޭއިން އަންނަނީ އާއްމު ކުރަމުންނެވެ.

މެނިންޖޯކޮކަލްއަކީ ނުރައްކާތެރި ބެކްޓީރިއާއެއްކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ފަންގަލް އިންފެކްޝަނަކުންވެސް ނުވަތަ ވައިރަލް އަކުންވެސް ބަލި ޖެހިދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

މި ވައިރަހުގެ ސަބަބުން އާންމު ގޮތެއްގައި ޖެހެނީ ދެ ބައްޔެކެވެ. އެއީ ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މެނިންގޮކޯކަލް މެނިންގިޓިސްއާއި ސިކުނޑިއާއި މައިބަދަ ގުޅޭ ސަރަހައްދަށް ޖެހޭ މެނިންޖޯކޮކަލް މެނިންގިޓިސް އެވެ.

ބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންޖޯކޮކަލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.

"މެނިންޖެސް" މި ލަފުޒުގެ މާނައަކީ ތިބާގެ ބުރަކަށީގެ ކޯޑާއި ސިކުނޑިން އެކުލެވިގެންވާ ތިބާގެ މަރުކަޒީ ނާރުތަކުގެ ނިޒާމު ނިވާކުރާ ތިން ފަށަލަ އެވެ.

އެޗްޕީއޭ އިން ދޭ މައުލޫމާތަށް ބަލާއިރު، މި ބެކްޓީރިއާ އިންފެކްޓުވެ ބަލި ޖެހުމުން ފެންނާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ހުންއައުން
  • ބޮލުގައިރިހުން
  • ކަރު ހިއްކުން
  • ގަދަ އަލިން އުނދަގޫވުން، އެއަށް ކިޔަނީ ފޮޓޯފޯބިއާ 
  • މޭނުބައިކުރުން، ހޮޑުލުން އަދި/ނުވަތަ ބޭރަށްހިންގުން
  • އަނދިރިކޮށް ފެނުން
  • ބަނޑުހައިނުވުމެވެ.
  • އޮޅުން ބޮޅުން ނުވަތަ ރުޅިގަދަވުން
  • ގިނައިން ނިދުން
  • މަސްތަކުގައި ރިއްސުމާއި ހުޅުތަކުގައި ރިއްސުން
  • ހިނގާބިނގާވެ އުޅުމަށް ނުވަތަ ތެދުވެ ހުރުމަށް އުނދަގޫވުން

ހަމައެކަނި އިންސާނުންގެ ގައިން ފެންނަ މެނިންގޮކޯކޮލް ބެކްޓީރިއާއަކީ އެހައި ފަސޭހައިން ގައިން ގަޔަށް އަރާ ބެކްޓީރިއާއެއް ނޫނެވެ. މި ބެކްޓީރިއާ ގައިންގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކާ ވަރަށް ގައިކޯޅިވެ، ނުވަތަ ވަރަށް ގިނަވަގުތު އެކުގައި އުޅުމުން އަނގައިގެ ތެރެއިން ނުވަތަ ނޭފަތުގެ ތެރެއިން މެނިންޖޯކޮކަލް ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވާސިލުވެގެންނެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. 

ނަމަވެސް މި ބައްޔަކީ ރޯގާ ފެތުރޭހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ.

މެނިންޖޯކޮކަލް ބައްޔަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ސީރިއަސް އިންފެކްޝަނެއް ކަމުން ގުނަވަންތައް ފެއިލްވެ ނުވަތަ މަރުވެދާނެ ބައްޔެކެވެ. މި ބައްޔަށް ފަރުވާ ދެނީ އެންޓިބަޔޮޓިކްސް އިންނެވެ. އަވަހަށް ފަރުވާ ދިނުމަކީ މުހިންމު ކަމެކެވެ. ވެކްސިން ދިނުމަކީ ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ. މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ،. ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ.  

މައުލޫމާތު: އިންޓަނެޓް، އެޗްޕީއޭ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް