ads
ފުވައްމުލަކު
ފުވައްމުލަކު އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކޮށްފި
"ވެށި ރައްކަލް"ގެ ނަމުގައި ފުވައްމުލައް ސިޓީގައި ފުލުހުން ކުރިއަށް ގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފި އެވެ.

އެ ސިޓގައި ފުލުހުން ހިންގާ މި އޮޕަރޭޝަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 1 އިން ފެށިގެންނެވެ. މި އޮޕަރޭޝަންގައި ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައި ފާސްކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް  14 މީހުން ހައްޔަރުކޮށްފައިވާއިރު، މީގެތެރެއިން 5 މީހުން އަދިވެސް ތިބީ ފުލުހުންގެ ބަލުމުގެ ދަށުގައިކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި އޮޕަރޭޝަންގައި މިހާތަނަށް 760.45 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

މި އޮޕަރޭޝަންގައި،މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނާއި ޒުވާނުންތަކެއްގެ މެދުގައި ހަމަ ނުޖެހުން ވަނީ ހިނގާފަ އެވެ. އަދި މި ހަމަނުޖެހުންތަކާއި ގުޅިގެން ތިން މީހަކު ހައްޔަރުކުރިއިރު ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް