ސްރީ ލަންކާގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ މުބާރާތުގެ ތިން ވަނަ ރާއްޖޭން ހޯދީ، މިއަދު ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ބަންގްލަދޭޝް އަތުން ރާއްޖެ މިއަދު މޮޅުވީ 59-57 އިންނެވެ. ލީގު ބުރުގައި ވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް އަތުން މޮޅުވެފަ އެވެ. އެ ފަހަރު ކާމިޔާބު ހޯދީ، 66-55 އިންނެވެ. މިއީ ބައިނަލްއަގުވާމީ ލެވަލްގައި، 18 އަހަރުން ދަށުގެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބެވެ.
ރާއްޖޭގެ ޒުވާން ޓީމުން މި މުބާރާތުގައި ކުޅެފައިވަނީ، ސީނިއާ ޓީމުގައި ވެސް މަސައްކަތްކުރަމުން އަންނަ ކޯޗު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ، މުހައްމަދު ޒިލާލް (ޒިލާ)ގެ ކޯޗުކަމުގަ އެވެ.