
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމްގިރޭޝަނުން އަންނަނީ ފުލުހުންނާއި ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ކޮންޓްރޯލް ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އިދާރާއިން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ މަސައްކަތަށް ހުރަސް އަޅާ އަދި ވެހިކަލަށް ބިދޭސީއަކު ގެއްލުން ދީފައިވާކަަމަށެވެ. ބިރު ދެއްކި ނަމަވެސް ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންތައް ހުއްޓާނުލާނެކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މާލޭގައި ޓޭކްއަވޭ އަދީ ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނަކު ރޭ ވެސް ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިޔަ ކެފޭއެއް ބަންދުކޮށްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.
ރޭ ހިންގި އޮޕަރޭޝަންގައި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާއި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިޔަށް ގެންދާ އޮޕަރޭޝަންގައި މިހާތަނަށް އަތުލައިގެން މީހުންގެ އަދަދު 100 ވުރެ މައްޗަށް ވަނީ އަރާފައެވެ. ދާދި ފަހުން ވާނީ މާލޭގައި ހިންގާ 4 މާރުކޭޓަކުން 83 ބީދޭސީން ހައްޔަރުކޮށްފަ އެވެ.
މީގެއިތުރުން މާލޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ގޭންގަކާއި މާލޭ ސަރަހައްދުގައި ޓޭކްއަވޭ ވިޔަފާރި ކުރާ ބިދޭސީންގެ ބޮޑެއް ވަނީ ހައްޔަރުކޮށްފަ އެވެ.