ads
ލެބްރޯން ޖޭމްސް އެމެރިކާ މޮޅުކޮށްދިން ޕޮއިންޓް ހޯދަނީ
ބާސްކެޓުގެ މުޅި ތާރީހު ބަދަލުކޮށްލާ ކަހަލަ މެޗެއް
ބާސްކެޓް ބޯޅައިގެ މުޅި ތާރީހު ބަދަލުކޮށްލާ ކަހަލަ މެޗަކުން އެމެރިކާ ކިރިޔަ ކިރިޔާ ސަލާމަތްވެއްޖެއެވެ.

މިއީ މި ހަފްތާގައި ފްރާންސްގައި ފަށާ އޮލިމްޕިކް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ބާސްކެޓް ބޯޅަ ޓީމާ ސައުތު ސުދާން ކުޅުުނު ފްރެންޑްލީ މެޗެކެވެ. މި މެޗުގައި ސައުތު ސޫދާނުންވަނީ، އެމެެރިކާ ހައިރާންކޮށްލާ ކަހަލަ މޮޅު ކުޅުމެއް ކުޅެފައެވެ. މި މެޗުން އެމެރިކާ މޮޅުވީ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ލެބްރޯން ޖޭމްސް  ހޯދައިދިން ޕޮއިންޓާއެކު 100-101 ންނެވެ. 

ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް އޮލިމްޕިކްސްގެ ބާސްކެޓް ބޯޅައިން ރަން މެޑަލް ހޯދަން ތައްޔާރުވަމުން އަންނަ އެމެރިކާ ޓީމާ ދެކޮޅަށް ސައުތު ސުދާނުން މި މެޗުގެ ބައެއް ހިސާބުތަކުގައި ހަތަރު - ފަސް ޕޮއިންޓުން ކުރިވެސް ހޯދާފައިވެއެވެ. 

އެމެރިކާއަކީ ބާސްކެޓް ބޯޅައިގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައެވެ. ސައުތު ސޫދާނަކީ ބާސްކެޓް ރޭންކިންގައި ދުނިޔޭގެ މި ވަގުތު 33 ވަނައެެވެ. މީޑިއާ ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުން އެމެރިކާ އާ ދެކޮޅަށް ސައުތު ސުދާނުން ކުޅުނު މެޗަކީ މުޅި ބާސްކެޓްގެ ތާރީހު ބަދަލުކޮށްލުން އެކަށީގެންވާ މެޗެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް