ބާސްކެޓް ލެޖެންޑް ލެބްރޯން ޖޭމްސްއާއެކު އަންހެން އެތްލީޓެއްވެސް ދިދަ އުފުލާނެއެވެ. އެކަމަކު އަންހެން އެތްލީޓު އަދި ކަނޑަނާޅައެވެ.
އުމުރުން 39 އަހަރުގެ ބާސްކެޓް ލެޖެންޑް ލެބްރޯން ޖޭމްސްއަކީ އޮލިމްޕިކްސް ބާސްކެޓް ބޯޅައިގެ ދެ ރަން މެޑަލް ހޯދާފައިވާ ކުޅުންތެރިއެކެވެ. ހަތަރު ފަހަރު އެންބީއޭ ޗެމްޕިއަންކަން ހޯދާފައިވާ ބާސްކެޓް ލެޖެންޑް ލެބްރޯން ޖޭމްސްވަނީ 2004 ވަނަ އަހަރު އޮލިމްޕިކްސްގައި ބާސްކެޓް ބޯލްއިން ލޯ މެޑަލްވެސް ހޯދާފައެވެ.