ފްރާންސްގެ ސަރުކާރާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދައުވަތަކަށް "ޕެރިސް 2024 އޮލިމްޕިކްސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިހަށް ވަޑައިގަތީ މިއަދުގެ ހެދުނުގެ ވަގުތެއްގަ އެވެ.
ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިޔާތު ކުރިއަށް ދަނީ 26 ޖުލައި ވާ ހުކުރު ދުވަހުގަ އެވެ.
މި ދަތުރުފުޅުގައި "ޕެރިސް 2024 އޮލިމްޕިކްސް" ގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓާ ނައިބު ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރާއްޖޭޖެ ކޮންޓިންޖެންޓުން ބައިވެރިވާ ކުޅިވަރިތައް ބައްލަވާލުމަށްވެސް ނައިބު ރައީސް ވަޑައިގަތުމަށް ހަމެޖެހިފައިވެއެވެ.
މިއަހަރުގެ ޕެރިސް 2024 އޮލިމްޕިކްސްގައި 5 ރާއްޖޭގެ ކުދިން ވާދަކުރާއިރު، މިއީ މިމުބުރާތުގައި އެންމެ ގިނަ އަދަދަކަށް ކުޅުންތެރިން ވާދަކުރާވެސް ފަހަރެވެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ރައީސް މުއިއްޒު ވަނީ ޕެރިހުގެ އޮލިމްޕިކްސްގައި ވާދަކުރާ އެތްލީޓުންނާ ބައްދަލުކުރައްވައި ތައުރީފު ކުރައްވާފައެވެ. އަދި ގައުމުގައި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުނ ލިބިގެންދާނެކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ.
އޮލިމްޕިކްސް ގެ ހުޅުވުމުގެ ރަސްމިޔާތުގައި ގައުމީ ދިދަ އުފުލުމުގެ ޝަރަފުވެރި ފުރުސަތު ލިބުނީ ޓެނިސް ކުޅުންތެރިޔާ ދީމާ އަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމް އަށެވެ.