ކާވާ ބީޗު މުބާރާތް ކުރިއަށްދަނީ ބޫޓާންގައެވެ. ބޫޓާންގައި ރާއްޖޭން މިއަދު ކުޅުނީ އުޒްބެކިސްތާން އަދި ތަޖިކިސްތާނާ ދެކޮޅަށެވެ.
އުޒްބަކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނީ، ކާވާ ބީޗް ވޮލީ މުބާރާތުން 2022 ގައި ރަން މެޑަލް ހޯދި އާދަމް ނަސީމާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ. އެޑަމް އާއި ކުޑަކާއްޓޭ އުޒްބެކިސްތާނުގެ ޕެއާއާ ދެކޮޅަށް މެޗު ކާމިޔާބު ކުރީ 21-14، 21-6 ންނެވެ.
ރާއްޖޭގެ ޓީމު ދޭއްގައި އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) ނުކުތީ ތަޖިކިސްތާނުގެ ޖޯޑަކާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ސެޓް ދިވެހި ޓީމު ކާމިޔާބު ކުރީ 23-21 ންނެވެ. ދެވަނަ ސެޓް 22-20 ންނެވެ.