ހޯޓިކަލްޗާއަކީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ގުޅޭ ދަނޑުވެރިކަމެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއެންޔޫ އިން ތައާރަތްކޮއްފައިވާ މި ހޯޓިކަލްޗާ ދަނޑުވެރިކަމުގެ ކޯހަކީ މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެމްއެންކިއުއެފް ލެވެލް 4 ގެ ކޯހެއްކަމަށެވެ.
މި އޮގަސްޓް މަހުގެ އިންޓޭކްގައި، އެމްއެންޔޫގެ މާލެ، ލ.ގަން އަދި ސ.ހިތަދޫ ކެންޕަސްގައި މި ކޯސްފެށުމަށް ހަމަޖެހިފައިވާކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެއެވެ.
ބްލެންޑެޑް މޮޑާލިޓީގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ އެ ކޯހަކީ 1 އަހަރުދުވަހުގެ މުއްދަތުގެ ކޯހެއްކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.