ސައުދީ އަރަބިއްޔާގެ އާ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ސުޕަ ކަޕުގެ ފައިނަލަށް އަލް ނަސްރު ދިޔައީ ތައާވޫން އަތުން ދެ ލަނޑު ސުން ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގައި އަލް ނަސްރު ފަހުން ޖެހި ލަނޑަކީ އުމުރުން 39 އަހަރުގެ ރޮނާލްޑޯ ޖެހި ލަނޑެވެ. ފައިނަލްގައި ނަސްރު ވާދަ ކުރަން ޖެހެނީ، މިދިޔަ އަހަރުގެ ސުޕަ ކަޕް ސެމީ ފައިނަލުން އެޓީމު ކަޓުވާލައި، ޗެމްޕިއަންކަން ވެސް ހޯދި އަލް ހިލާލްއާ ދެކޮޅަށެވެ.
ހިލާލާއި ނަސްރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ.