ads
އާދަމް އަތުހަރު، 32އ
އަތުހަރު ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް
މާލޭގައި އަންހެނަކު ރަހީނުކުރި މީހާ އިތުރު ފަރުވާއަށް އައިޖީއެމްއެޗުގެ އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭގެ މަގުމަތީގައި ވަޅިއަކުން ބިރު ދައްކައިގެން އަންހެނަކު ރަހީނުކުރުމަށް މަސައްކަތްކޮށްފައިވަނީ ށ. މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރު ނަމަކަށް ކިިޔާ މީހެކެވެ.

ނަމަވެސް ފުލުހުން ހުށިޔާރުކަމާއެކު ކުރި މަސައްކަތުން އަންހެން މީހާ ވަނީ ސަލާމަތްކޮށްފަ އެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިއަދު ބުނީ ހެނދުނުގެ ވަގުތެއްގައި އަތުހަރު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެކުރިން ފުލުހުން ބުނީ، ބަންދުކޮށްފައިވާ އަންހެން މީހާއަށް އެ ގޭތެރޭގައި އަނިޔާކޮށް އަދި މަގުމައްޗަށް ނެރެ ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ.

ފުލުހުން އަންހެން މީހާ ސަލާމަތްކުރަން އުޅެފިނަމަ މަރާލާނެ ކަމަށް ބުނެ އޭނާ ހިފަހައްޓައިގެން ހުރި ފިރިހެން މީހާ އެ އަންހެން މީހާގެ ކަރުގައި ވަޅިޖައްސާ އިންޒާރު ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،" މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

އަތުހަރުއަށް ބޮޑަށް އަނިޔާވީ ރަހީނު ކޮށްފައި ހުރި އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހުން ގޮސް އޭނާގެ ބޮލުގައި މުގުރަކުން ޖެހުމުންނެވެ. އަތުހަރަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަ ނުކުރި ނަމަވެސް އޭނާގެ ބޮލުން ވަރަށް ބައިވަރު ލޭ އެ ސަރަހައްދު މަގުމައްޗަށް އޮހުރިފައި ހުއްޓެވެ.

އަތުހަރާއި އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަ ހޫނުވީ، އެ ދެ މީހުން ދިރިއުޅޭ ގޭގެ ކުއްޔާ ގުޅޭ ގޮތުން އުފެދުނު ޒުވާބެއްގެ ތެރޭގަ އެވެ. އަތުހަރު ވަޒީފާއެއް އަދާނުކުރާތީ، އެ ތަނުގެ ކުލި ދައްކަމުން ދިޔައީ ދާދި ފަހުން ފުލުހުންގެ ހިދުމަތާ ގުޅުނު އަންހެން މީހާއަށް ލިބޭ މުސާރައިންނެވެ.

އަތުހަރު ވަނީ އަންހެން މީހާ ރަހީނުކޮށްގެން ގެއިން ނެރުމަށްފަހު ސައިކަލެއްގައި އަންހެން މީހާ ގޮވައިގެން އެހެން ތަނަކަށް ދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އޭރުވެސް ދިޔައީ އެ ދެ މީހުންގެ ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދު ދޫކޮށް ސައިކަލުގައި އަހުތާރަށް ނުދެވެނީ އެ ސަރަހައްދަށް މީހުން އެއްވެ އެ މަގު ބަންދުވެފައި އޮތުމުންނެވެ. ފުލުހުންގެ އޮފިސަރެއް ގޮސް އަހުތާރުގެ ބޮލުގައި މުގުރުން ޖެހީ އެ މީހުންގަނޑު ކުރިމައްޗަށް ސައިކަލު މަޑުކުރުމުންނެވެ.

އަތުހަރަކީ މީގެކުރިން ކުރި ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް