އެމަނިކުފާނު މިހެން ވިދާޅުވީ “ސަމިޓް އޮފް ދަ ފިއުޗާ" ގެ ސައިޑް އިވެންޓް އަ ވިޝަން ފޯ އަ އިންޓެލިޖެންސް ޑްރިވަން ފިއުޗާ ފޯ މޯލްޑިވްސް” ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކާ މެދު ވިސްނާލުމުން ރާއްޖޭގެ އިނޮވޭޝަންގެ "ޓްރާންސްފޯމަޓިވް ޕަވާ"ގެ ހެކި ފެންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލު ބައްޓަން ކުރަމުންދާ ގޮތް ރާއްޖެއިން ދައްކަމުންދާ ކަމަށާއި، އެއީ މިހާރުވެސް ގައުމުގެ މަދު ވަސީލަތްތައް ބެލެހެއްޓުމަށާއި އާންމު ހިދުމަތް ފޯރުކޮށްދިނުން އިތުރުކުރުމަށް ބޭނުން ކުރަމުންދާކަން އިޝާރާތެއް ކަމަށެވެ.
ޑިޖިޓަލައިޒޭޝަން އަށް ބަލައިގަތުމަކީ ހަމައެކަނި އިގްތިސާދީ ކުރިމަގު އިތުރުކުރުމަށް ނޫން ކަމަށާއި، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ވެސް ކުރި ކަމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް އިތުރަށް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ފޯކަސްއަކީ ޑިޖިޓަލް ލިޓްރޭސީން ރައްޔިތުން ބާރުވެރިކުރުވުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އުފެއްދުންތެރިންނާއި އިނޮވޭޓަރުން ނެރެވޭނެ ގޮތް ހެދުންކަމަށެވެ.
އޭގެ އިތުރުން ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ބަދަލުތަކާއި ކުރިމަތިލުމަށް ވެސް ޓެކްނޮލަޖީއަކީ މިހާރު ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އެގޮތުން ކުރިއާލައި އިންޒާރުދޭނެ ސިސްޓަމާއި ސްމާޓް ޓެކޮނަލަޖީން މޫސުމީ ބަދަލުތަކާކުރިމަތިލުމަށް ފަސޭހަވެގެންދާ ކަަމަށް ވިދާޅުވި އެވެ. އެ ވަސީލަތްތަކުގެ އެހީގައި ފާގަތި މުޖްތަމައެއް ބިނާކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޓެކްނޮލަޖީގެ ސަބަބުން ރާއްޖެއަށް ގިނަ ގުނަ ކުރިއެރުންތަކެއް ލިބި ދިވެހިންގެ ދިރިއުޅުމަށް ވެސް ގިނަ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"ސަމިޓް އޮފް ދަ ފިއުޗާ" އަކީ މީހުންގެ ދިރިއުޅުމަށާއި މުސްތަގުބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު އެކި ކަންތައްތަކާ ގުޅޭ ގޮތުން ދުނިޔޭގެ ލީޑަރުން އެއްތަންވެ، އަޑުއުފުލުމަށް މި މަހު ބާއްވާ އދ. ގެ ހައި ލެވަލް އިވެންޓެކެވެ.