ޝިއުނާއާއި މަލްޝާއަށް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑް ކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ކުރެއްވި ޓްވީޓަކަށްފަހު ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުންނެވެ.
ޝިއުނާއާއި މަލްޝާ ސަސްޕެންޑް ކުރީ މިއަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު އެވެ.
މިއަދު އިސްތިއުފާދެއްވި ޝިއުނާ އަދި މަލްޝާއަކީ ރައީސް މުއިއްޒުގެ އަރިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދެ މީހުންނެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވިއިރު ވެސް އެ ދެ މީހުން އެ އިދާރާގައި މަސައްކަތް ކުރެއްވި އެވެ.
އަމިއްލަ ސަބަބުތަކެއް ހުރުމުން ސަރުކާރުގެ ވަޒީފާއިން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ، ޝިއުނާ މިއަދު ވިދާޅުވީ ސަރުކާރުގެ ވަޒީފާ އިން އިސްތިއުފާ ދެއްވި ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެ ކަމަށެވެ.