ads
އިންޑިޔާ - ބަންގްލަދޭޝް މެޗުގެ ތެރެއިން
ރާއްޖެ ގްރޫޕުގެ ފުރަތަމަ މެޗު އިންޑިޔާއަށް
ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ ފުރަތަމަ މެޗުން އިންޑިޔާ މޮޅުވެއްޖެއެވެ.
Advertisement

ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން ހިމެނެނީ އިންޑީޔާއާ ބަންގްލަދޭޝްއެވެ. ފުރަތަމަ މެޗުގައި އިންޑިޔާ މިއަދު ބަންގްލަދޭޝް އަތުން މޮޅުވީ އެއް ލަނޑު ސުން ލަނޑުންނެވެ.

ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ފުރަތަމަ މެޗު ގެއްލިފައި އޮތުމުން ބަންގްލަދޭޝްއަށް އެ މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. އެކަމަކު އެއްވަރު ކޮށްލައިގެންވެސް، ރާއްޖެއާ އިންޑިޔާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ބަންގްލަދޭޝްއަށް ސެމީގެ ފުރުސަތު ލިބިދާނެއެވެ. ރާއްޖެއާ އިންޑިޔާ ކުޅޭނީ ފަހުންނެވެ.

ސާފް 17 އަހަރުން ދަށުގެ މުބާރާރުގައި ވާދަކުރާ ދިވެހި ޓީމާމެދު ފަހުރުވެރިވާނެ ފަދަ ނަތީޖާއެއް ނެރެން ބޭނުން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމްވަނީ ބުނެފައެވެ. ކޯޗު ބުނީ، ދިވެހި ޓީމު އޮތީ މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.  

ސާފް ޗެމްޕިއަންޝިޕް 17 އަހަރުން ދަށުގެ މުބާރާތުގެ އެއް ގްރޫޕުގައި ރާއްޖެ، އިންޑިޔާ އަދި ބަންގްލަދޭޝް ހިމެނޭއިރު، އަނެއް ގްރޫޕުގައި ހިމެނެނީ ނޭޕާލް، ބޫޓާން އަދި ޕާކިސްތާނާއި ސްރީ ލަންކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް