ads
އިހްސާސް
އެޕިސޯޑް1
Advertisement

'ލޯބި... ލޯބި... ލޯބި..' ހަގީގީ ލޯތްބަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، އެތައް ޖަވާބެއް އެއާއި ވިދިގެން ދިނުމަކީ އާދައެކެވެ. ކޮންމެ މީހެއްގެ ތަރުޖަމާ ބިނާކުރާނީ އެމީހެއްގެ ތަޖުރިބާއަށެވެ. ލޯތްބާއި ގުޅިގެން އުފުލި ވޭނާއި ތަކުލީފުގެ މައްޗަށެވެ. އަދި މިއީ ދެމީހެއްގެ ދިރިއުޅުމުގެ ތަޖުރިބާގައި ލިބުނު ފިލާވަޅުތަކެއްގެ މައްޗަށް ލޭބަލްކުރާ ގުޅުމެކެވެ. އެއީ ކާމިޔާބާއި ނާކާމިޔާބުގެ ރަމްޒީ ލަފްޒެކެވެ. އަޅުގަނޑަށް ވިސްނޭގޮތް ތިޔަ ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ. ލޯތްބަކީ ފޮނި އުއްމީދުތަކާއި ގަދަ ކުލަތަކުން ދިރިއުޅުން އުފާވެރިކޮށްދޭ ހިތްހަމަޖެހުމެކެވެ. ލޯތްބަކީ އުފާވެރިކަމާއި ހިތްހަމަޖެހުމުން އެތައް ހިތަކަށް ގެނެސްދޭ އުފާވެރި "އިހްސާސެކެވެ." އެއީ އުމުރަށް ކުރެވޭ ވައުދުތަކާއި އަހުދުތަކާއި އުއްމީދާއި ނާއުއްމީދާއި ގުޅިފައިވާ 'ހަނދާންތަކެކެވެ'. ލޯތްބަކީ ހަމައެކަނި އިތުބާރާއި އިހްތިރާމުގެ މަތީގައި ބިނާކުރާ ބާރުގަދަ ގުޅުމެކެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގެ ފަހުރުވެރިކަމާއި ހިތްވަރުކުރުމާއި ކޮންމެ ކަމެއް  ތަހަންމަލްކުރުމުގެ ގާބިލްކަން އިންސާނާއަށް ލިބިދެނީ ލޯބީގެ މާނަ އެމީހެއްގެ ދިރިއުޅުމުގައި ތަޖުރިބާ ކުރެވިގެންދާ ގޮތެއްގެ މައްޗަށެވެ. ގިނަ މީހުންގެ ރައުޔުއަށް ބަލާނަމަ ލޯތްބަކީ ކަނު އެއްޗެކެވވެ. 

ނަމަވެސް އޭގައި ބާރުގަދަ 'އިހްސާސް'ތަކެއް އެކުލެވިގެންވަނީ އެއީ އިންސާނުންގެ ބުއްދިއާއި ފިކުރަށް އެންމެ ނުފޫޒު ފޯރުވާ ބާރަކީވެސް ލޯބި ކަމަށްވާތީ އެވެ. ލޯބި ނުވާނަމަ އެކުވެރިކަމާއި ރަހުމާއި ކުލުނެއްވެސް ނުވާނެ އެވެ. އެކަކު އަނެކެއްގެ މައްޗަށް އިތުބާރު އުފެދެނީ ލޯބީގެ އިހްސާސުންނެވެ. ލޯތްބަކީ ކެތްތެރިކަމާއި ވޭނުގެ އިންތިހާއަށް އިންސާނާ އިމްތިހާނު ކުރެވިގެންދާ އެންމެ ބާރުގަދަ ލަފުޒެވެ. ދެއަކުރުގެ މި ލަފްޒަކީ ކެތްތެރިކަމަށް އިންސާނާ އިމްތިހާނުކުރާ ގަދަފަދަ ވޭނެކެވެ.

އަހަރުމެން އިންސާނުންގެ ދިރިއުޅުމުގައި ކޮންމެ ކަމެއް ކުރިމަތިވެގެންދަނީ ސަބަބުތަކެއް އޭގައި ހުރީތީ އެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް މެދުވެރިވާނެ އެވެ. ހަޔާތުގައި ކުރިމަތިވާ ވޭންދެނިވި ކޮންމެ ކަމެއް، ކޮންމެވެސް ދުވަހަކުން ރަގަޅުވެ ކަންކަން ހަމައަކަށް އެޅޭނެކަމުގެ އިންތިޒާރުގައި ވެއަތުވާ ރޭދުވާ މަދެއް ނޫނެވެ. ލިބޭ ކޮންމެ ނުތަނަވަސްކަމެއްގައި ހިނިތުންވަމުން ކަރުނަ ސިއްރުކުރެވޭތޯ މަސައްކަތްކުރަނީ ކޮންމެވެސް ދުވަހަކުން ތިމާއަށްވެސް 'ލޯބި' ކޮންމެވެސް ސިފައެއްގައި މިންވަރުކުރައްވާނެކަމަށް އުއްމީދުކުރެވޭތީ އެވެ. 

ގަޑިން ރޭގަނޑު ހަތްގަޑި ފަންސާސް ފަހެކެވެ.

ކުރިމަތީން  ފެންނަނީ ޒީނަތްތެރި ކޮށްލާފައިވާ ދަގަނޑު، އުސް ގޭޓް ދޮރެކެވެ.  މަޑު ރީންދުކުލައިގެ ބޮކިތަކުން ހިތްގައިމުކަން މާދުރަށް ފެނެ އެވެ. އެތެރެއަށް ވަނުމާއެކު ފެންނަނީ، ހުދުކުލައާއި މަޑުމަޑު ނޫ އަދި ފިޔާތޮށިކުލައިގެ މާމމެލާމެލިން ޒީނަތްތެރިކޮށްލާފައިވާ ހިތްގައިމު ބޮޑު ހޯލެކެވެ. ކޮންމެ ދިމާއަކުން ފެންނަނީ އަންހެން ކުދިންގެ ހިތްތައް އުފަލުން ފޮޅޭހައި ނަލަނަލަ ފެއަރީ ލައިޓްސްގެ ހިތްގައިމު ދިއްލުން ތެކެވެ. ވަށައިގެން ފެންނަނީ މުއްސަނދިކަމެވެ. ވިޔަފާރިވެރިންނާއި އިއްޒަތްތެރީން އަތާއި އަތް ޖޯޑުކޮށް ސަލާމްކުރަމުންދިޔަ މަންޒަރު ކެމެރާތަކުގައި ރައްކާކުރަމުން ދިޔަ އެވެ. ކޮންމެ ދިމާއަކުންވެސް އުފާވެރިކަމާއި ތާޒާކަން އިހްސާސްކުރެވެ އެވެ. މުޅި ހޯލުގައިވަނީ ހިތްގައިމު މަޑުމައިތިރި  ލޯބީގެ މިއުޒިކީ އަޑެވެ.

އަރްމާނީ ބްރޭންޑްގެ ކޯޓްފަޓުލޫނުގައި ހުރި ޒުވާނަކު އޭނާގެ އެކުވެރިއެއްގެ ކޮނޑުގައި މަޑުމަޑުން ޖަހާލިތަން ފެނުނެވެ.

އޭނާ ހުރީ ފުރަގަސްދީގެންނެވެ. އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވާލުމާއެކު ދެ އެކުވެރިން މޫނު ފެންނަގޮތަށް އެނބުރެލި އެވެ. ފެންނަ ފެނުމަށް ދެމީހުންގެ އުމުރުންވެސް ވާނީ އަށާވީހަކަށް އަހަރެވެ. 

ފުރަގަސްދީގެން ހުރި އެކުވެރިޔާ އެނބުރިލާފައި ބުންޏެވެ.

"ހެއި.. ހައި.. ޝިމާން.!"

"އޯހ.. ހައި.. އަހާން..!" ހިނިތުންވަމުން ދެއެކުވެރިން އަތާއި އަތް ޖޯޑްކޮށް ސަލާމްކޮށްލި އެވެ. 

"ކޮބާ އޭނާ؟ އޭނާ ދެކިލާ ހިތުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި... ސީރިއަސްލީ މިރޭގެ މި ހުރިހައި ޒީނަތްތެރިކަމަކާއި މިހުރިހައި ތައްޔާރީއެއް މިއީ ހަމައެކަނި އޭނާއަށްޓަކައި ހާއްސަކުރެވިފައިވާ ކަންކަން.. އެކަމަކު އަދިވެސް އޭނާއެއް ނާދޭ.." ކެތްތެރިކަން ކުޑަވެފައި ޝިމާން ބުންޏެވެ. 

"ޝީ އިޒް އޮން ދަ ވޭ.. މޭބީ..! ޑޯންޓް ވޮރީ... ކެތްތެރިވޭ... ޝިމާން މުހައްމަދު ޒައީމް.." އަހާން ބުނެލި އެވެ. 

"ހިތެއް ގަބޫލެއް ނުކުރޭ އިތުރަށް ކެތްކުރާކަށް.. އެކަމަށް މި ހިތް އެއްބަހެއް ނުކުރެވުނު.." މޭގެ ވާތްފަރާތުގައި ދެތިން ފަހަރު ޖަހައިލަމުން ޝިމާން ބުންޏެވެ. 

"ޔެއާހ.. ހިތް..! ހިތަކީ ވަރަށް ނުރައްކާތެރި އެއްޗެއް...! އެ ހިތް ބޭނުންވަނީ ކޯންޗެއްކަމެއް ނުވަތަ ބޭނުންވަނީ  ކޮންކަމެއްކަންވެސް އެ ހިތަކަށް ނޭގޭ.." ހިޔާލީ ގޮތަކަށް އަހާން ބުނެލި އެވެ. ހަމައެވަގުތު އިވުނީ ދޮރުމައއްޗަށް ކާރެއް ހުއްޓިއަޑެވެ. 

"ޔަގީން އޭނާ އެ އައީ..... ވައޮ.. ޔެސްސްސްސްސްސ..!" ޝިމާން ކޮލު ދަތްތައް ފެންނަވަރަށް ހީނލަމުން ބުންޏެވެ. ހުވަފެނީ ގޮތަކަށް އަހާން ހީލީ އެކުވެރިޔާގެ އުފަލަށްޓަކަ އެވެ.

ޝިމާން އަވަސްއަވަހަށް ދިޔައީ ގޭޓާއި ދިމާއަށެވެ.  ގޭޓް ކުރިމައްޗަށް ހުއްޓުމާއެކު ޝިމާންގެ ސަމާލުކަން ހުއްޓުނީ ކުރިމަތީގައި އޮތް އަގުބޮޑު ކާރަށެވެ. ޑްރައިވަރުގެ ސީޓުން ނިކުމެގެން އައިސް، ގޭޓާއި ދިމާއިން ފަހަތު ދޮރު ހުޅުވާލި އެވެ. ހިނދުކޮޅެއްގެ ތެރޭގައި އަންހެން ކުއްޖެއްގެ ވައަތުފައި ކާރު ދޮރުން ބޭރަށް ލި އެވެ. ފަންސޫރެއްފަދަ ހިމަ ކައްޓެއްލާފައިވާ ރިހިކުލައިގެ އަގުބޮޑު ބޫޓަށް ހަސަދަވެރި ނުވާނެ އަންހެން ކުއްޖަކު އެހަފްލާގައި ނުވާނެކަން ކަށަވަރެވެ.

ޑްރައިވަރުގެ އެހީއާއެކު އަންހެންކުއްޖާ ކާރުން ފޭބި އެވެ. ހަމައެވަގުތު ޝިމާންގެ ދެ ލޯ ބޮޑުވެ ތަލިން ކުޅުހިކި ހިތުގެ ހިނގުން ހުއްޓުނުހެން ހީވި އެވެ. ފެންނަމުންދިޔަ ފުރިހަމަ ރީތިކަމުގެ ޖާދޫގައި ޖެހި ލިބުނު ޝޮކްގައި ޝިމާންގެ ދެފައި ހަރަކާތެއް ނުކުރި އެވެ. ކާއިނާތުގެ ތެރެއިން ބިމަށް ފޭބި ޕަރީއެއްފަދަ ރީތި ކުއްޖެކެވެ. އައިވަރީ ހުދުކުލައިގެ އޯފް ޝޯލްޑަރ ބޮޑުގައުންގައި އޭނާގެ ރީތިކަން އެތައް ގުނައެއް އިތުރުކޮށްދެ އެވެ. ފެނުނު ކޮންމެ ލޮލެއް އެސްފިޔަ ޖަހާލަން ހަނދާން ނެތިފައި ހުރިކަހަލަ އެވެ. ރާޅުބާނީ ތަކެއްފަދައިން ދިގު އިސްތަށިގަނޑު ސެޓްކޮށްލާފައިވަނީ އޭނާގެ އޮމާން ކަނދުރާއާއި ބުރަކަށީން ބޮޑު ބައެއް ހާމަވާގޮތަށެވެ.  

ކްރީމްކޮޅެއްފަދަ ދޮން ހަންގަނޑުގެ އޮމާންކަން އިހްސާސްކުރަން ހިތް ނޭދޭ ފިރިހެނަކު އެ މެހެފިލްގައި ނުވެ އެވެ. ކޮންމެ ނަޒަރެއް ސީދާވެފައިވަނީ ކާރުން ފޭބި ހޫރައްލީނެއްފަދަ އަންހެން ކުއްޖާއަށެވެ. ފެންނަ ފެނުމަށް އެއީ އުމުރުން އެކާވީހަކަށް އަހަރުގެ ފުރިހަމަ ޖިންސުއްލަތީފެކެވެ.

ފިރިހެން ކުއްޖަކު ޝިމާންގެ ކޮނޑުގައި ބާރަށް ޖަހައިލިވަގުތު އޭނާގެ ހިއްސުތައް މަސައްކަތްކުރާން ފފެށި އެވެ.  އަންހެން ކުއްޖާގެ ކުރިމަތީގައި ޝިމާން ހުއްޓުނު ވަގުތު ދެމީހުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލި އެވެ. 

"އިޒް ދިސް ޔޫ..؟ އައި ކާންޓް ބިލީވް ސީރިއަސްލީ..! މި ބުނީ އަހަރެން ހިތަކަށް ނާރާ މިހާ ރީތި، ފުރިހަމަ އިންސާނަކު މި ބިމުގައި މާﷲ ލެއްވިކަމެއް.. މާ ޝާ ﷲ.. ހިނގާ އެތެރެއަށް..! ޝެލް ވީ...!؟"ޝިމާންގެ އަތް ދިއްކޮށްލަމުން ބުންޏެވެ. 

ޝިމާން ޖުމުލައިން އަސަރުކުރީ ހަމައެކަނި ކުރިމަތީގައި ހުރި ހޫރައްލީނެއްފަދަ އަންހެންކުއްޖާއަށް ކަމެއް ނުވަތަ އެނޫން ކިތަންމެ ހިތަކަށް އެ ތައުރީފުގެ އަސަރުކުރިކަމެއް ޔަގީނެއް ނޫނެވެ. 

އަދަބުވެރިކަމާއި އިހްތިރާމާއެކު ޝިމާންގެ އަތް ދިއްކޮށްލުމުން އެއަތުގައި އަންހެން ކުއްޖާ ހިފީ ޖެހިލުންވެ ހުރެކަން އެ މަންޒަރު ފެނުނު ކޮންމެ ލޮލެއް ހެކިވާނެ އެވެ. ދެމީހުން އެކުގައި އެތެރެއަށް ވަދެގެން ދިޔައިރު ފެނުނު ކޮންމެ މެހެމާނެއްގެ ދުލުން ތައުރީފު އޮހެމުންދިޔަ އެވެ. 

"އޯ- އެމް- ޖީ ޔޫ އާރ ލުކިންގ ސޯ ބިއުޓިފުލް !" އަހާންގެ ކަންފަތުގައި އެ އަޑު ޖެހުމާއެކު ކުއްލިޔަކަށް ބަލައިލެވުނީ ދޮރާއި ދިމާއަށެވެ. ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނީ އަތުގައި އޮތް ބިއްލޫރިތަށި މޭޒުމައްޗަށް ދޫކޮށްލާފަ އެވެ. 

ހަމައެވަގުތު އަހާންގެ ސިކުނޑި ކިއާރާއާއި މުހާތަބުކުރި އެވެ. 

'ސޯ... އެންމެ ފަހު ވަގުތު ތިޔަ އިހްތިޔާރުކުރީ ޝިމާން ފޮނުވި ހެދުން ދޯ އެވެ. މިރެއަށް އަހަރެން ހަދިޔާކުރި ހާއްސަ ހެދުން އެއްފަރާތްކޮށްފައި ތިޔަފަދަ ހެދުމެއް ލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހުމމމމ..!! އެހެންވިޔަސް އަހަރެންގެ ދުލުން ބަސް ހުއްވެއްޖެ އެވެ. އެއް ފުރާޅެއްގެ ދަށުގައި އެތައް ދުވަހެއް ހޭދަކުރެވުނުއިރުވެސް ތިޔަ ރީތިކަމާއި ފުރިހަމމަކަން އަހަންނަށް ފާހަގަ ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ ތިއީ ކާއިނާތުން ބިމަށް ފޮނުވި ޕަރީއެއް ހެއްޔެވެ؟ ރީތިކަމުގެ ހުރިހައި ފުރިހަމަކަމެއް ކިއާރާއަށް ލިބިގެންވެ އެވެ. ތިއީ ހަމަ 'އެ ކިއާރާ ހެއްޔެވެ؟' ނޫން.. ނޫން.. ތިއީ އޭނާއެއް ނޫނެވެ. ތިއީ އަހަރެންގެ ކިއާރާއެއް ނޫނެވެ. ދާދި އަވަހަށް ތިބާވެގެން ދާނީ - - - - "އަހާންގެ ހިޔާލްގެ ތެރެއިން ނިކުމެވުނީ ޝިމާންގެ އަޑަށެވެ. 

"ހެއި އަހާން..! ކޮންކަމަކަށް މާބޮޑަށް ގެއްލި ހުސްވެފައި ތިހުރީ..؟" ޝިމާން ސުވާލުކޮށްލި އެވެ.

"ނަތިންގ..!" އަހާން ބުންޏެވެ. 

"ސޯ.. އަހާން އިނާން އިޔާޒް، މީޓް މައި ވުޑް ބީ ވައިފް ކިއާރާ ނާސިހް" ނުހަނު އުފަލުން ހެމުން އަހާން އަށް ކިއާރާ ތައާރަފް ކޮށްދިނީ ޝިމާން އެވެ. ކުރިމައްޗަށް ނުބަލާ ދެން ބެލެން އޮތް ހުރިހައި ދިމާއަކަށް ކިއާރާ ބެލި އެވެ. 

"ޔޫ އަރ ލުކިން ބިއުޓިފުލް އިން ދިސް ޑްރެސް.." އަހާން ބުނެލީ މަޖުބޫރުވެގެންކަން ނުވަތަ ނޫންކަން  ނިންމާނީ އަހާން އެވެ. އެއީ ހިތާއި ދެކޮޅަށް ނޫނީ ހިތުގައި އަތް އަޅައިގެން ހުރެ ބުނެވުނު އެއްޗެއް ކަމެއް އަހާންއަށްވެސް ނޭގެ އެވެ.

"ރީތި ވާންޖެހޭނެ ދޯ.. ހެދުން އިހްތިޔާރުކުރީ ކާކުތަ..؟ ހަގީގަތަކީ ކިއާރާގެ ރީތިކަމާއި ފުރިހަމަކަމުގެ ކުރިމަތީގައި މިހެދުމަށް ފުރިހަމައަށް އިންސާފުކުރެވިފައެއް ނެތް..! ކިއާރާގެ ގުދުރަތީ ރީތިކަން ބަޔާންކުރާނެ ލަފްޒެއް އަހަރެންގެ ދުލަކަށް ނާދޭ.. އަހަރެންގެ ނަސިބާއިމެދު މިރޭ އަހަރެން ފަހުރުވެރިވަން.. ހުރިހައި ކްރެޑިޓެއް ހައްގުވަނީ  ހަމައެކަނި އަހާންއަށް..." ހިނިތުންވަމުން ޝިމާން ބަޔާންކުރީ އޭނާގެ އިހްސާސްތަކެވެ. ކުރިއަށްވުރެންވެސް ކިއާރާއާއި ގާތަށް ޝިމާން ޖެހިލީ ދުރުގައި ހުންނާން އުނދަގޫވާތީ އެވެ.

"ހަގީގަތުގައިވެސް ޝިމާން ވަރަށް ނަސީބުދަގަ.." މަޑުމަޑުން އަހާން ބުނެލީ  ދަތްދޮޅި ތިރިކޮށްލަމުންނނެވެ. ޝިމާންގެ ކޮނޑުގައި އަމިއްލައަށް ޖަހައިލީ އޭނާގެ ފަހުރުވެރިކަން ބަޔާން ކޮށްދިނުމަށެވެ. ހަމައެވަގުތު، އެތެރެއިން މީހަކު ޝިމާންއަށް ގޮވާލިއަޑު އިވުނެވެ. 

"އަހާން.. ޕްލީޒް ޓޭކް ކެއަރ އޮފް ހަރ.. ވަރަށް އަވަހަށް އެބައަންނަން.. ކިއާރާ ހިތްހަމަޖައްސާލައިގެން، އަމިއްލަ ގެ ކަމަށް ހީކޮށްލާ.. މިއަންނަނީ... ވަރަށް އަވަހަށް.." ކިއާރާގެ ކޮލުގައި ލޯތްބާއެކު ފިރުމާލަމުން ޝިމާން ބުންޏެވެ.

"އޯ - ކޭ" ކިއާރާ ބުނެލި އެވެ. 

"އަހަރެން ދިން ހެދުން ބާއްވާފައި، އެ ހެދުން ނުލައި، ތި ހެދުން ލައިގެން ތިއައީ..!!؟" އަހާން ބުނެލީ އޭނާގެ ހިޔާލެއްކަން ނުވަތަ އެއީ އަމިއްލަ ނަފުސާއި ކުރިމަތިކުރި ސުވާލެއްކަން އޮޅުމެއް ނުފިލި އެވެ. ކޮންމެއަކަސް އެބުނި އެއްޗެއް އަމާޒުވީ ކިއާރާއަށެވެ.

"ކިހިނެއްވީ؟ ކޮބާ މައްސަލައަކީ..؟ މި ހެދުން އަހަންނަށް މާބޮޑަށްވެސް ކަމުދޭ.." ޖަޒުބާތުން ފުރިގެންވީ އަޑަކުން ކިއާރާ ބުންޏެވެ. 

"ސީރިއަސްލީ..!!؟؟" މަލާމާތުގެ ގޮތަކަށް ހީލަމުން ކިއާރާއާއި ދިމާއަށް ގުދުވެލާފައި އަހާން ބުނެލި އެވެ. 

"ކުރުތާ ހަރުވާޅު ނުވަތަ ޖީންސް ނޫނީ މިހާތަނަށް ދުވަހަކުވެސް ނުލައި އަންހެން ކުއްޖަކު ހަށިގަނޑުގެ އެންމެ ނާޒުކު ހިސާބު ފެންނަފަދަ 'ނިވާކަން ކުޑަ' ހެދުމެއް ލައިގެން މިފަދަ ހަފްލާއަކަށް އައިސް ތިބުނަނީ، ތިމަންނައަށް މިހެދުން މާ ކަމުދެއޭ.. ވަޓް އަ ޖޯކް..!؟" އަހާންގެ ޖުމުލަ ނިމުނުއިރު ކިއާރާގެ ދެއަތް މުއްކެވިއްޖެ އެވެ. އަތުގެ ހިމަހިމަ ދޮން އިނގިލިތަކުން ލޭކުލަ ހިލިއްޖެ އެވެ.  

"ތަގުދީރުގެ ކަނޑުގައި އެވަގުތަކު އަހަރެން ގެންދިޔަ ކޮންމެ އޮއެވަރެއްގައި ގެނބެން މިހުރީ ތައްޔާރަށް.." އަޑަށް ބާރުލާފައި ނަމަވެސް މަޑުމަޑުން ކިއާރާ ބުނެލި އެވެ. އެއްބަސްވުމުގެ ގޮތުން އަހާން ބޮލުން އިޝާރާތް ކޮށްލި އެވެ. ދެމީހުންގެ ދެމެދު ދެން ވެރިވީ ހިމޭންކަމެވެ. 

ކިއާރާގެ ސިކުނޑިއާއި އޭނާ މުހާތަބުކުރި އެވެ. 'އަހާން ދޭ ހެދުމެއް އަދި އެހެން އެއްޗެއްވެސް އަހަރެން ބޭނުމެއް ނޫނެވެ. ވަރަށް އިހްސާންތެރި ވެއްޖައީމު ނޫންހެއްޔެވެ؟ އިތުރަކަށް ބޭނުމެއް ނޫނެވެ. ތިޔަ ހިތުގެ ރަހުމުކުޑަކަމުން މިހިތް ފުރިއްޖެ އެވެ. ނަފްރަތު ނޫން އެހެން އިހްސާސެއް ތިބާއާއި މެދު މިހިތުގައި މިހާރު ނެތެވެ.'

އެސްފިޔަތަކުގެ ތެރެއިން ދެމިގަންނާން ތައްޔާރުވަމުންދިޔަ ކަރުނަތައް ރަހުމެއްނެތި ފޮޅާލި އެވެ. އެހެން މީހަކަށް އެކަން ފާހަގަވާން މިރޭ ކިއާރާ ބޭނުމެއް ނޫނެވެ. 

މަޑުމަޑުން ކިއާރާއާއި އަހާން ގާތްވި އެވެ. ދަތްކުނޑި ވިކާލާފައި އަހާންއާއި ހަތަރުކަޅި ހަމަކުރިވަގުތު ކިއާރާއަށް ގޮވާލިއަޑު އިވުނެވެ. 

"މައި ބިއުޓިފުލް ލޭޑީ... ލެޓްސް ގޯ..!" ޝިމާން ބުންޏެވެ.

ދެވަނަ ފަހަރުވެސް ކަރުނަތައް ލޮލުގެ އެސްފިޔަތަކުން ފޮޅާލި އެވެ. އަދި ޝިމާންއަށް ކިއާރާގެ ޝައުގުވެރިކަން ހުއްޓާލަމުން ބޮލުން އިޝާރާތްކުރީ އެއްބަސްވަމުންނެވެ. 

"މިއީ ހަމައެކަނި ކިއާރާއަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފްލާއެއް.. ހުރިހައި އެންމެން ބޭނުންވޭ ކިއާރާއާއި ބައްދަލުކޮށްލަން.. އެންޑް ނައު މައި ޑޭޑް ވޯންޓްސް ޓު އެނައުންސް ދި ނިއުސް އޮފް އަވަރ މެރިޖް...! ސޯ ޕްލީޒް.. ކަމް...! އައއި ހޯޕް- -- " ޝިމާންގެ ޖުމުލަ އޭނާއަށް ފުރިހަމަނުކުރެވެނީސް އަހާން ވާހަކަދެއްކި އެވެ. 

"ޓޭކް ހަރ..! ޝީ އިޒް އޯލް ޔޯސް..!" އަހާން ބުނެލުމާއެކު ޝިމާން ހިފެހެއްޓީ ކިއާރާގެ އަތުގަ އެވެ.  އެކަކު އަތުން އަނެކަކު އަތަށް ބަދަލުކޮށްލާ، ކުޅެކުޅޭ ބުދެއް ފަދައިން އަހާންގެ އަތުން ޝިމާންގެ އަތަށް ކިއާރާ ބަދަލުކޮށްލީ މޫނުމަތީން އިތުރު އަސަރެއްވެސް އަހާން ދައްކާނުލަ އެވެ.

ޝިމާން އަތުގެ އިނގިލިތައް ކިއާރާ އަތުގެ އިނގިލިތަކުގެ ތެރެއަށް މަހާލި އެވެ. ކަޅިޖަހައިނުލައި އަހާން ބަލަމުން ގެންދިޔައީ ދެމީހުންގެ އަތަށެވެ. 

އުމުރުން ދުވަސްވެފައި ހުއްޓަސް، ސްމާޓް ފިރިހެކަނު ސްޓޭޖަށް އެރީ އެވަގުތު...

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް