ads
ނޭޕާލްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި އާންމުން ހަރަކާތްތެރިވަނީ.
ނޭޕާލަށް މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 200 އާ ގާތަށް
ނޭޕާލަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި މަރުވި މީހުންގެ އަދަދު 200 އާ ގާތްކޮށްފި އެވެ.
Advertisement

ނޭޕާލްގެ ހޯމް މިނިސްޓްރީން ބުނީ، މި ހާދިސާގައި މިހާތަނަށް 177 މީހުން މަރުވެފައިވާ ކަމަށާއި އިތުރު 42 މީހަކު ގެއްލިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި 87 މީހަކު ގެއްލިފައިވާ ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.

ފެންބޮޑުވުމާ ގުޅިގެން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެރިރަށް ކަތުމަންޑޫ އޮންނަ ކަތުމަންޑޫ ވާދީންނެވެ. ހަތަރު މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެ ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން މަގުތައް ބަންދުވެ, އާންމު ދަތުރުފަތުރަށް ހުރަސް އެޅިފައިވާއިރު, އެ ސަރަޙައްދުން އެކަނިވެސް 37 މީހުން މަރުވި ކަމުގައި ނޭޕާލްގެ އިދާރާތަކުން ހާމަކުރި އެވެ. 

މަދަރުސާތަކާއި ޔުނިވަރސިޓީތައް ބަންދު ކޮށްފައި ވަނީ ފެންބޮޑުވުމާ ގުޅިގެން އެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.

ވެރިރަށް ކަތަމަންޑޫ އާއި ނޭޕާލްގެ އެހެން ސަރަހައްދުތައް ގުޅުވާލާ މުހިއްމު ޕްރިތުވީ ހައިވޭ ހިމެނޭ ގޮތަށް ތިން ހައިވޭއެއް ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންދުކޮށްފައިވާއިރު، އެތަންތަން ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.

ރޭގަނޑު ހައިވޭތަކުގައި ބަހާއި ކާރު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން ކަތަމަންޑޫގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ.

ނޭޕާލްގެ މޫސުމާބެހޭ އޮފީހުން ބުނީ، މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް 24 ގަޑިއިރު ތެރޭގައި ނޭޕާލްގެ ތަފާތު 16 ސަރަހައްދަކަށް ރެކޯޑު މިންވަރަކަށް ވާރޭވެހިފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ނޭޕާލަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި 220 މީހުން މަރުވެފައިވާ ކަމަށް ޑިޒާސްޓާ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ނޭޕާލްގައި އާންމުކޮށް ވިއްސާރަ މޫސުން ޖޫން މަހު ފެށޭއިރު، ނިމޭނީ ސެޕްޓެމްބަރު މަހު މެދުތެރޭގައެވެ.

ޖޫން މަހުގެ މެދުތެރޭގައި ނޭޕާލްގެ ވިއްސާރަ މޫސުން ފެށުނު ފަހުން ހިނގާފައިވާ ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 254 އަށް އުފުލިފަ އެވެ. އަދި, 65 ގެއްލިފައިވާ ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކުރި އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް