މާލޭގައި ކުރިއަށް ދިޔަ ސުޕަކަޕްގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކާމިޔާބުކުރީ، ސްރީލަންކާގެ އީގަލް ކްލަބުން ނެވެ.
އަންހެން ފައިނަލްގައި އީގަލްސް ކްލަބް މޮޅުވީ ރާއްޖޭގެ ޗެމްޕިއަން ކުއީންސް ބީސީއާ ވާދަކޮށް 74-72 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، ފާތިމަތު ރިޝްމާ އެވެ. ރިޝްމާވަނީ މި މެޗަށް ފަހު ކުޅުން ހުއްޓާލާފައެވެ.
ފިރިހެން ފައިނަލްގައި އީގަލްސް ކްލަބް މޮޅުވީ، ރެޑްވިންގްސް ބީސީއާ ވާދަކޮށް 77-71 ޕޮއިންޓުންނެވެ.
ސުޕަ ކަޕްގެ ފިރިހެން ޑިވިޝަނުގައި ލަންކާގެ އީގަލްސް ކްލަބާއި ރާއްޖޭގެ ރެޑްވިންގްސްގެ އިތުރުން ދެން ވާދަކުރީ ޓީރެކްސް ބީސީ އާއި ކިންގްސް ބީސީ އެވެ. އަދި އަންހެން ޑިވިޝަނުގައި އީގަލްސް އާއި ކުއީންސްގެ އިތުރުން އެލީޓް ސްޕޯޓްސް ބީސީ ވާދަކޮށްފައިވެ އެވެ.