އެ ކުންފުނިން ބުނީ ވަގުތުކޮޅަކަށްް ކަރަންޓް ކެނޑެނީ މާލޭގެ މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރުކުރަން ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްކަމަށެވެ.
އެ ގޮތުން ކަރަންޓް ކެނޑޭނީ ހެނދުނު 06:00 އިން 06:30 އާއި ދެމެދު އަދި 09:45 އިން 10:15 އާއި ދެމެދުކަމަށެވެ. ސްޓެލްކޯއިން ބުނީ އެ ވަގުތުތަކުގައި ހެންވޭރު ފިޔަވާ މާލޭގެ ހުރިހާ އަވަށަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
މާލޭ ސަރަހައްދުގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރުމަށް ހުޅުމާލޭގައި ހުންނަ ގްރޭޓާމާލެ އިންޓާކަނެކްޝަން ގުރިޑާއި ގުޅާލާ އެ މަސައްކަތްތައް ކުަމުންނެވެ.