ads
ބައްސާމް އެފްއޭއެމް ކައިރީގައި
ކުރިން ބުނިއެތި ކެންސަލް! ބައްސާމްގެ އެޕާޓްމެންޓް އަތުލަނީ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހުޅުމާލެއިން ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ދިން މުއްދަތު، އޭނާ އެދުނު ގޮތަށް ދޭން ނިންމި ނިންމުން ކެންސަލްކޮށް، އެޕާޓްމެންޓް އަތުލަން ފުލުހުން އަނެއްކާވެސް ނިންމައިފިއެވެ.
Advertisement

ފުލުހުން ކުރިން ބުނި އެތި ކެންސަލްކޮށް މިރޭ ނެރުނު ބަޔާނެއްގައި ބުނީ  ބައްސާމް އެދުނު މުއްދަތު އޭނާ އަށް ދެވެން ނެތި، މާދަމާ ރޭ 12:00ގެ ކުރިން އެޕާޓުމަންޓުތައް ހުސްކޮށް ފުލުހުންނާއި ހަވާލުކޮށްދިނުމަށް އަންގާފައިވާ ކަމަަށެވެ. އެފްއޭއެމަށް ފީފާ އިން ދިން ފައިސާ އަށް ބައްސާމް އެޕާޓްމަންޓްތަކެއް ބައްލަވައިގަތް މައްސަލައިގައި އޭނަގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ އިރު އެ ދެ އެޕާޓްމަންޓް އިއްޔެ ފުލުހުންނާ ހަވާލުކުރަން ކުރިން އޮތީ އަންގައިފަ އެވެ. ނަމަވެސް ބައްސާމްގެ ފަރާތުން ވަނީ އެޕާޓްމެންޓްތައް ހަވާލުކުރުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދިފަ އެވެ. ފުލުހުން ރޭ ބުނީ ހާލަތަށް ރިޔާއަތްކުރުމަށްފަހު އެޕާޓްމެންޓްތައް ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. 

އެކަމަކު އެ ނިންމުން މިއަދު ކެންސަލްކޮަށް، ފުލުހުން ބުނީ ބައްސާމް އެދުނު މުއްދަތު އޭނާ އަށް ދެވެން ނެތި، މާދަމާ ރޭ 12:00ގެ ކުރިން އެޕާޓުމަންޓުތައް ހުސްކޮށް ފުލުހުންނާއި ހަވާލުކޮށްދިނުމަށް އަންގާފައިވާ ކަމަަށެވެ. އަދި މި ވަގުތުތެރޭގައި ހަވާލު ނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން މި އެޕާޓުމެންޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަމީން އެވެނިއު އިން ބައްސާމް ދެ ފުލެޓް ބައްލަވައިގަތީ އެފްއޭއެމްގެ 3،084،000ރ. ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނެފައިވެ އެވެެ.

އެ ފައިސާއަކީ ކޮވިޑް ވަބާގެ ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް