ads
މީގެ 100 އަހަރުކުރުން ގެއްލުނު އުމުރުން 22 އަހަރުގެ އިރްވީންގެ ފައިކަމަށް ބެލެވޭ ބައި. އޭނާގެ ނަން ވަނީ އިސްޓާކީނުގައި ޖަހާފައި
އެވަރެސްޓަސް ގެއްލުނު ޒުވާނާގެ ފައި 100އަހަރު ފަހުން ފެނިއްޖެ
ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އަރަނިކޮށް މީގެ 100 އަހަރު ކުރިން ގެއްލުނު ޒުވާނާގެ ފައި ފެނިއްޖެ އެވެ.
Advertisement

އުމުރުން 22 އަހަރުގެ އިރްވީންއާއި އޭނާގެ ބައިވެރިޔާ ޖޯޖް މެލޯރީއާ އެކު މައުންތް އެވަރެސްޓަށް އަރަން ފެށީ 1924 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންނަމަވެސް ޖޫންމަހުގެ 8 ވަނަދުވަހު ފަރަބަދައަށް އަރަން ފެށި މި ދެ ޒުވާނުންނަށް ވީ ނުވީއެއް ނޭމގި ގެއްލުނެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެތައް ދުވަހުގެ މަސައްކަތަށް ފަހު އެމީހުން ނުފެނުމުން އެމީހުން ހޯދަން ކުރި މަސައްކަތް ހުއްޓާލި އެވެ. 

އޭގެ 100 އަހަރު ފަހުން މިދިޔަ މަހު މިވަނީ އިރްވީންގައި ފައި އެ ފަރުބަދައިގެ ވަކި ހިސާބަކުން ފެނިފައައެވެ. މި ފައި ފެނިފައިވަނީ ނޭޝަނަލް ޖިއޮގްރަފިކް ޑޮކިއުމެންޓްރީއެއް ޝޫޓްކުރަމުން ދިޔަ ޓީމަކަށެވެ. 

your imageއުމުރުން 22 އަހަރުގެ އިރްވީންއާއި އޭނާގެ ބައިވެރިޔާ ޖޯޖް މެލޯރީއާ ފަރުބަދައަށް އެރުމުގެ ކުރން ނެގި އެންމެ ފަހު ފޮޓޯކަމަށް ބުނާ ފޮޓޯ: ފޮޓޯ ގެޓީ އިމޭޖްސް 

އެ ޓީމަށް ފެނުނުނީ ބޫޓަކަށް އަރައިގެން ތަބިއްކައްޓާއި ހަމައިން ބުރިވެފައި އޮތް ފައެކެވެ. މި ފަޔަކީ ގެއްލުނު އިރު އުމުރުން 22 އަހަރުގެ އިރްވީންގެ ފައިކަން މިހާރު ވަނީ ޔަގީންކުރެވިފައެވެ. ސަބަބަކީ އެ ފަޔަށް ލައްވާފައިވާ އިސްޓާކީނުގައި "އޭ ސީ އިރްވީން"ގެ ނަން އޮތުމުންނެވެ އަދި އެއީ އޭނާގެ ގެންދިޔަ ތަކެތިކަމަށް އާއިލާއިން ވެސް ބުނުމުންނެވެ. ފައިގެ ބުރިވެފައިވާ ހިސާބު އޮތީ ގަދަ ފިނީގެ ސަބަބުން ހަލާކުނުވެ ކަމަށްވެއެވެ. 

your imageއުމުރުން 22 އަހަރުގެ އިރްވީން. ފޮޓޯ: ގެޓި އިމޭޖްސް 

އިރްވީންގެ ފައި ފެނުނުމުން އޭނާގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަބަބަކީ އޭނާ އެ ދަތުރުގައި ގެންގުޅު ކެމެރާ ފެނި އެ ދަތުރުގެ ކަންކަން އިތުރަށް ދެނެގަތުމުގެ ބޭނުމުގައިކަމަށް އެކަމުގައި އުޅޭ މީހުން ބުނެ އެވެ.

އިރްވީންގެ އާއިލާން ބުނީ އިރްވީނަށް ވީނުވީއެއް ނޭގި ތިބި ތިބުމަށް މޮހާރި ކޮމްވެސް ތަސައްލީއެއް އެ އާއިލާއަށް ލިބިފައިވާކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް