ads
ކްރޯވް ގެ ކޯ ފައުންޑަރު ހަސަން މުހައްމަދު
"އާސަންދައާ ނުލާ އަމިއްލަ އިންޝިއުރެންސް ކުންފުނިތައް ނުހިނގާނެކަން ހާމަވެއްޖެ"
އާސަންދައާ ނުލާ އަމިއްލަ އިންޝިއުރެންސް ކުންފުނިތައް ނުހިނގާނެކަން ހާމަވެއްޖެ ކަމަށް ކްރޯވް މޯލްޑީވްސް އެލްއެލްޕީ ގެ ކޯ ފައުންޑަރު އަދި މެނޭޖިން ޕާޓްނަރު ހަސަން މުހައްމަދު ވިދާޅުވެއްޖެއެވެ.
Advertisement

ކްރޯ މޯލްޑިވްސް އެލްއެލްޕީ އަކީ އޮޑިޓް، ޓެކްސް، އަދި އެޑްވައިޒަރީގެ ހިދުމަތް ފޯރުކޮށްދޭ ލީޑިން ޕްރޮފެޝަނަލް ހިދުމަތްދޭ ކުންފުންޏެކެވެ.

ކްރޯވްގެ ކޯ ފައުންޑަރު މިއަދު ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ވިދާޅުވީ ޕްރައިވެޓް ހެލްތް އިންޝޫރަންސްއަކީ ސަރުކާރުގެ އިންޝޫރަންސްއާ ނުލާ ބިލާހެއްކަން އިންޝޫރަންސް ކުންފުނިތަކުން ބުނެދީފައިވާކަމަށެވެ. އަދި ރައްޔިތުން އިންޝޫރަންސް ކުންފުނިތަކަށް ދައްކަމުން ދަނީ ބޭކާރު ފައިސާއެއް ކަަމަށްވެސް ހަސަން މުހައްމަދު ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ޕްރައިވެޓް އިންޝޫރަންސްއަށް އިސްކަން ދިނުމުގެ ގޮތުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެެއިން ޕްރައިވެޓް އިންޝޫރަންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރަންސަށް އިސްކަންދިނުމަށް ހަަމަޖެހިފައިވާކަމަށް އެންސްޕާއިން ހާމަކޮށްފައިވަނީ މިދޔަ ބުރާސްފަތި ދުވަހުގައެވެ.

"1 ނޮވެމްބަރުން ފެށިގެން، ފުރަތަމަ ފިޔަވަހީގައި މިގެނެވުނު ބަދަލާއި ގުޅިގެން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ފުރަތަމަ ބިލްކުރާނީ ޕްރައިވެޓް އިންޝުއަރަންސަށް" އެންސްޕާއިން ބުނެއެވެ.

އޭގެ އިތުރުން އިންސުއަރަންސްގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ އިންޝުއަރަންސް އިން އެ ހިދުމަތެއް ކަވަރު ނުކުރާނަމަ، މިހާރެކޭވެސް އެއްގޮތަށް އާސަންދަ ސްކީމުން އެހިދުމަތަކަށް ކަވަރޭޖް ލިބޭނެ ކަަމަށް އެންސްޕާއިން ބުނެއެވެ.

33%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް