ads
ޕުސްޕާ 2 ގެ ޕްރިމިއާ ކުރަން ބޭއްވި އިވެންޓްގެ ތެރެއިން
ޕުޝްޕާ2 އެޅުވި ސިނަމާއެއްގައި ފިތިބާރުވެގެން މީހަކު މަރުވެއްޖެ
މިހާރުވެސް ބްލޮކް ބަސްޓާއެއްގެ ލަގަބު ދީފައިވާ "ޕުޝްޕާ 2" ޕްރިމާކުރި ރޭ ސިނަމާއެއްގައި ފިތިބާރުވެ އއކަކު މަރުވެއްޖެއެވެ.
Advertisement

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިތިބާރުވެގެން މަރުވެފައިވަނީ ކުޑަ ދަރިފުޅު ގޮވައިގެން ފިލުމު ބަލަންގޮސް ހުރި އުމުރުން 35 އަހަރުގެ އަންހެނެކެވެ. އޭނާއާ އެކު ސިނަމާއަށް ގޮސް ހުރި 13 އަހަރުގެ ދަރިފުޅަށް ލިބުނު ޒަހަމްތަކަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށް އިންޑިއާ ނޫސްތަކުން ބުނެއެވެ.

މި ހާދިސާ ދިމާވީ މި ފިލްމު ޕްރިމިއާކުރަން ހައިދަރުއާބާދުގެ ސަންދިޔާ ތިއޭޓަރުގަ އި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މި ފިލްމުގެ ލީޑް ތަރި އައްލޫ އަރުޖުންވެސް ބައިވެރިވެއެވެ. މި ހާދިސާ ހިނގީ ސިނަމާއަށް ދިޔަ އެންމެން އައްލޫ އަރުޖުން އައި ވަގުތު އޭނާ ދެކިލަން އެންމެން އެއްކޮށް ސިނަމާ ތެރެއަށް ވަންނަ އުޅުމުން އައްލޫގެ ބޮޑީގާޑުން މީހުންތައް ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

އަންހެން މީހާ މަރުވީ މީހުން ގަނޑުގެ ތެރޭގައި ފިތިބާރުވޭ ނޭވާ ހާސްވެގެންކަމަށް އިންޑިއާ ފުލުހުން ބުނެއެވެ. އަދި މިކަން ހިނގީ ސިނަމާގެ ސެކިއުރިޓީ ބެލެހެއްޓި މީހުންގެ ފަރުވާކުޑަކަމަާއި ިއންތިޒާމުތައް ރަނގަޅު ނުވުމުންކަމަށްވެސް ފުލުހުން ބުނެއެވެ.  

2021 ވަނަ އަހަރު ނެރުނު "ޕުޝްޕާ" ދެ ދެވަނަ ބައިގެ ގޮތގައި ނުކުންނަ "ޕުޝްޕާ 2: ދަ ރޫލް" ސިނަމާތަކުަގއި އެޅުވީ އިއްޔެއެވެ. ފިލްމު ރިވިއުކުރާ ފަރާތްތަކުން މިހާރުވެސް ފިލަމަށް ވަނީ ބްލޮކް ބަސްޓާގެ ލަގަބު ދީފައެވެ. އަދި ރޭޓިންގެ ގޮތުގައި ފަހަކަުން 4.5 ވަނީ ދީފައެވެ. 

500 ކްރޯޑް ރުޕީސް (59.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި "ޕުޝްޕާ 2" އަކީ މިއަހަރު ނުކުންނަަ އެންމެ ކާމިޔާބު ފިލްމަށް ވާނެކަމަށް މިހާރުވެސް ވަނީ ބެލެވެން ފަށާފައެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން މިހާރުވެސް ވަނީ 1،000 ކްރޯޑް ރުޕީސް (118.9 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ހޯދައިފައެވެ. 

2021 ވަނަ އަހަރު ނުކުތް "ޕުޝްޕާ" ވެސް ވަނީ އެ އަހަރުގެ އެންމެ ކާމިޔާބު ފިލްމުގެ ގޮތުގައި ހިމެނިފައެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައްވެސް އެހާ މަޝްހޫރުވެގެންދިޔަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް