މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރެކޯޑުކޮށްފައިވަނީ 13،018 ފްލައިޓް މޫވްމެންޓެވެ.
މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ރެކޯޑުކުރި ފްލައިޓް މޫވްމެންޓްތަކުގެ ތެރެއިން 12،565 އަކީ ޝެޑިއުލް ފްލައިޓްތަކެވެ. އަދި 1،106 އަކީ ޗާޓަރު އަދި ޕްރައިވެޓް ފްލައިޓްތަކުގެ މޫވްމެންޓްތަކެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 43 އެއަލައިނަކުން ދަތުރުކުރަމުން އާދެއެވެ.