ads
ރައީސް ޑރ. މުއިއްޒާއި ބަންދާރަ ނައިބު އަހްމަދު އުޝާމް
ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރާކަށް ނޫޅެން: އުޝާމް
ގާނޫނަކަށް ބަދަލު ގެނެސްގެން ނުވަތަ އެނޫން ނޫންގޮތަކުންވެސް ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ބަންޑަރ ނައިބު މިހެން މި ވިދާޅުވީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެ ކަމަށް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވަނިކޮށެވެ. 

ގާނޫނުއަސާސީގެ ދިފާއުގެ ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި މި ސަރުކާރުން މަޖިލީހުގައި އޮތް ރައްޔިތުންގެ ބާރު މިހާރު އެއްކޮށް ކަނޑުވާލައި، ހުރިހާ ބާރެއް މުށުތެރެއަށް ޖަމާކޮށްފައިވާކަމަށެވެ. އަދި ދެބް ސަރުކާރުން ސުޕްރީމްކޯޓް ބެންޗް ބަދަލުކުރާނެކަމަށާއި އެއަށްްފަހު ހުދުމުހުތާރު ވެރިކަމެއް ކުރާތަން ފެންނާނެކަމަށްވެސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ.  

"މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގީ މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ކުރީގެ ރައީސް ސާލިހް ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދުދެއްވާ މީޑިއާގައި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ ގާނޫނަކަށް ބަދަލު ގެނެސްގެން ނުވަތަ އެނޫން ނޫންގޮތަކުންވެސް ސަރުކާރަކުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާނެކަމަށެވެ. އަދި ރޭ އިބްރާހިމް ސާލިހް ދެއްޖެވި ވާހަކަތަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. 

ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ މި ސަރުކާރުން ޖުޑިޝަރީ މިނިވަންކޮށް ހިންގަން ފުރުސަތު ދީފައިވާކަމަށެވެ. އަދި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު އެއްވެސް މަތީ ކޯޓެއްގެ ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވެސް ނުވާނެކަމަށެވެ. އެހެންކަމުން ކޯޓްގެ ފަނދިޔާރުންގެ އަދަދަށް ބަދަލު ގެނެސްގެން ނަމަވެސް ސުޕްރީމްކޯޓުގެ ބެންޗާއި ކުޅުމުގެ ވިސްނުން ސަރުކާރުގައި ނެތްކަން ބަންޑާރަ ނައިބު އުޝާމް ފާހަގަކުރެއްވިއެވެ. 

ސުޕްރީމް ކޯޓުގެ ބެންޗު، މިސަރުކާރުން ބަދަލު ކުރާނެ ކަމަށް އިބްރާހިމް މުހައްމަދު ސާލިހު ރޭ ވިދާޅުވިއިރު، މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ހަތް ފަނޑިޔާރުންނަކީވެސް އެމްޑީޕީގެ ވެރިކަމުގައި، ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ފަހު އައްޔަން ކުރި ފަންޑިޔާރުންނެވެ.

އެމްޑީޕީގެ ވެރިކަމުގައި، 2019 ވަނަ އަހަރު އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، މަޖިލީހަށް އެމްޑީޕީއަށް ލިބުނު ބޮޑު މެޖޯރިޓީގެ ބޭނުން ހިފައިގެންނެވެ. އޭރު ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެމްޑީޕީން ބަދަލު ކުރީ، އުއްތަމަ ފަނޑިޔާރުވެސް ހިމެނޭހެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް