މި ވާހަކަތައް ހަމަކަުރަމުން ފްރައިޑޭ ޓޯކީސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސިޕީ ބުނީ، އެ ދުވަސްވަރު އައިޝްވަރިޔާއަކީ ބޮލިވުޑްގެ އެންމެ މަތީ ފަންތީގެ ތަރިއެއް ކަމުގައިވީ ނަމަވެސް، އަލަށް ސިނަމާގެ ދާއިރާއަށް ނުކުތް އަބިޝެކްއާއެކު މަސައްކަތްކުރިއިރު ވަރަށް ބޮޑު އެހީތެރިކަމެއް ދެ ތަރިންވެސް ދިން ކަމަށެވެ. އަދި އެ ތަރިން ލޯބީވެ ގޮތުން ގުޅިގެން އުޅުނުނަމަވެސް އެކަމުގެ އަސަރު މަސައްކަތަށް ނުކުރާކަމަށްވެސް ބުންޏެވެ.
މި ފިލްމަކީ ފަހުން ކައިވެނިކުރެއްވި މި ދެ ތަރިން އެއްކޮށް މަސައްކަތްކުރެއްވި ފުރަތަމަ ޕްރޮޖެކްޓެވެ. ފިލްމުގެ ޝޫޓިން ތެރޭގައި ދެ ތަރިންގެ މެދުގައި އޮތް ޕްރޮފެޝަނަލް ގުޅުމަކީ ފަހުން އެ ދެ މީހުން އަމިއްލަ ދިރިއުޅުމަ ށްވެސް މަގުފަހިވި ކަމެއްކަމަށް ސީޕީ ބުންޏެވެ.