މަރުވެފައި އޮއްވައި ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45 އެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ގަލޮޅުގައި ހުންނަ ގެއެއްގައި މަރުވެފައި އޮތް މީހަކު އިއްޔެވެސް ވަނީ ފެނިފަ އެވެ.
މަރުވެފައި އޮއްވާ އިއްޔެ ހަވީރު ފެނުނީ ގ. ފަރެސް ލައިޓް، އަލީ ރަޝީދު (35 އ) އެވެ.