ބައި ޓަނުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ސްރީލަންކާ މީހުންގެ ބަންދު އިތުރުކޮށްފި
ގުފްތަގް އަޖީރު
26 ޑިސެމްބަރ 2024 - 15:53:30
ރާއްޖޭގެ ސަރަހައްދުން ބައި ޓަނެއްހާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު ސްރީލަންކާގެ ފަސް ރައްޔިތުންގެ ބަންދު އިތުރު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންނަކީ 21 އަހަރާއި 56 އަހަރާ ދެމެދުގެ އުމުރުފުރައިގެ ބައެކެވެ. އެމީހުން ދަތުރުކުރަމުން ދިޔަ "އަށެންޕުތަ" ނަމަކަށް ކިޔާ މަސްބޯޓު ހިފީ ހދ. މަކުނުދޫ ސަރަހައްދުންނެވެ. އެ ބޯޓުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯގެ ކްރިސްޓަލް މެތާއި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ.
ފުލުހުން ބުނާ ގޮތުގައި މި މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެންނެވެ.
މި މައްސަލައިގައި ކުރިން ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިތުރު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
- ސްރީލަންކާގެ ފަސް ރައްޔިތުން 30 ދުވަހަށް އިތުރަށް ބަންދުކުރި
- އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ 468.6 ކިލޯ
- މަސްތުވާތަކެތީގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ
- މައްސަލަ ތަހުގީގުކުރަނީ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން
- މީގެ ކުރިން ވެސް 30 ދުވަހުގެ ބަންދު އަމުރެއް ނެރެފައިވޭ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް