ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 137 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވުނު އިރު، މި އަހަރުގެ ޑިސެމްބަރު މަހު މިހާތަނަށް 148 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވިފައިވެއެވެ. އަދި މުޅި އަހަރަށް ބަލާއިރު، މި އަހަރު 2،326 ޖެޓު މޫވްމަންޓްސް ރިކޯޑުކުރެވި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 ޕަސަންޓުގެ ކުރިއެރުމެކެވެ.
މި ދުވަސްވަރަށް ހާއްސަކޮށް، ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރުމަށް ތިން ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ. އެއާޕޯޓުގެ އުތުރާއި، އިރުމައްޗާއި އަދި ދެކުނު ފަރާތުގައި ހަދާފައިވާ މި ސަރަހައްދުތަކުގައި ޖުމުލަ 68 ޖެޓު ޕާކުކުރެވޭނެއެވެ. މިހާރު ވެސް 30 އަށްވުރެ ގިނަ ޖެޓު އެއާޕޯޓުގައި ޕާކުކޮށްފައި އެބައޮތެވެ.