މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ މައްސަލަތަކެއް ތަހުމަތުކޮށް ބާސްކެޓާ ދެކޮޅަށް އޭސީސީ އަށް ހުށަހެޅީ ބާސްކެޓްބޯޅައިގައި ހަރަކާތްތެރިވާ އަމިއްލަ މީހެކެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ނޮވެމްބަރު މަހު ކުރީކޮޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެމްބީއޭއަށް ތުހުމަތުކޮށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ އޮޅުވާލައިގެން އެއް ބާވަތެއްގެ ދެ ކަމަކަށް ސްޕޯޓްސް މިނިސްޓްރީން ދެ ފަހަރު ފައިސާ ހޯދާފައިވާ ކަމަށެވެ.
އެމްބީއޭ އަށް ކުރާ ތުހުމަތުތައް އެ އެސޯސިއޭޝަނުން ދޮގު ކުރެ އެވެ.