އެކްސްގައި ކުރި ޕޯސްޓެއްގައި އެމްއޭސީއެލް އިން ބުނީ އުމްރާވެރިން މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުތަކާއި ޓާމިނަލް ސަރަހައްދަށް ބާރުބޮޑުވެދާނެ ކަމަށެވެ.
އެގޮތުން ފަސޭހަކަމާއެކު ފުރުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް ވަނީ އެދިފަ އެވެ.
މާދަމާ އެއާޕޯޓު އެންމެ ބާރުބޮޑުވާ ވަގުތުތަކުގެ ތެރޭގައި:
އެކި ގުރޫޕުތަކުގެ ހަވާލުގައި 6،300 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ވަނީ ގޮސްފަ އެވެ.
މި އަހަރުގެ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް ސުކޫލުތައް ވެސް އޮތީ ބަންދު ކޮށްފަ އެވެ. ދެން ހުޅުވޭނީ އަންނަ އާދިއްތައިގަ އެވެ. އެހެންކަމުން ދަތުރުކުރާ މީހުންގެ އަދަދު އިތުރުވާނެ އެވެ.