ads
ގުޑުގުޑާ ދޫނި ފޮޓޯ: ފޭސްބުކް، ޖައުފަރު އަލީ
އިރުވައިމޫސުމާއެކު ގުޑުގުޑާދޫނިތައް އަނެއްކާވެސް ރާއްޖެއަށް
އިރުވައިމޫސުމާއެކު ގުޑުގުޑާދޫނިތައް ރާއްޖެއަށް އަނެއްކާވެސް ޒިޔާރާތްކުރަން ފަށައިފިއެވެ.
Advertisement

މި ދުވަސްވަރަކީ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސް ވަރެވެ. މޫސުމީ ދޫންޏަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރައްކާވުމުގެ ގޮތުން ހިޖުރަ ކުރާ ދޫނިތަކެވެ. އަދި ރާއްޖެ އުފެދިފައި އޮންނަ ސަރަހައްދުގެ ސަބަބުން ގިނަ އަދަދެއްގެ ދޫނި ރާއްޖެއަށް ޒިޔާރާތްކުރެއެވެ. 

އިރުވައި މޫސުމާއެކު އިއްޔެގެ ވަގުތެއްގައި ކުޅުދުފުށީގެ މަށި ކުޅިން ފެނިގެން ދިޔައީ ހިތްގައިމު ރީތި މަންޒަރެކެވެ. އެ ރަށުގެ މަށި ކުޅިއަކީ މި ދޫނިތަކަށް މާ ކަމުދާ މަންޒިލަކަށްވީއިރު އެތައް ފަަހަރެއްގެ މަތިން މިދޫނިތައް ވަނީ މީގެކުރިން ކުޅުދޫފުއްޓަށް ޒިޔާރާތްކޮށްފައެވެ. 

ރާއްޖޭގެ އެކި ފޮޓޯގްރާފަރުން ވަނީ މި ސަރަހައްދަށް އައިސް ފޮޓޯތައް ނަގާ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ފޮޓޯތަކުން ފެނިގެންދަނީ ރީތި ޗާލު 5 ގުޑުގުޑާ ދޫނީ ކުޅި ސަރަހައްދުގައި އުދުހި، ހިނގާ އުޅޭ މަންޒަރެވެ.

your imageފޮޓޯ: ފޭސްބުކް ޖައުފަރު އަލީ 

މޫސުމީ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނިތަކަވެ. އަދި އަދަބެއްގެ ގޮތުން ބޮޑެތި ޖޫރިމަނާ އެއްވެސް ކަނޑައަޅާފައިވެއެވެ. މިގޮތުން ހިމާޔަތްކޮށްފައިވާ ދޫނި ހިފައި އަނިޔާކުރާ ނަމަ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެއް ދޫނި ނަމަ 20،000ރ.، އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ؛ ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް