ads
މާލޭ ސިޓީގައި ވެލި ބަސްތާ ޖެހުން
ބޯ ވިއްސާރައަށް މާލެ ތައްޔާރުވަނީ: 56 ގޭބިސީގައި ވެލި ބަސްތާ
މާލެއަށް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ ބޯ ވިއްސާރައާ ގުޅިގެން ފެނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ 56 ގޭބިސީއެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
Advertisement

މެޓުން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއް ރާއްޖެއާ ދިމާއަށް ޖެހެމުން އަންނަ ކަމަށެވެ. މި ކޮޅިގަނޑުގެ ސަބަބުން ދަންވަރާއި ފަތިހު ގަޑީގައި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ވިއްސާރައިގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސިފައިންވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން ވެސްޓްޕާކު ސަރަހައްދުގައި ބަހައްޓާފައިވާ ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ އިއްޔެ ފެށި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ފެނުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ އިތުރު ގޭބިސީތަކަށްވެސް މި ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް