ޖަޕާނުގެ މެޓެރޮލޮޖިކަލް އެޖެންސީން ބުނީ ބިންހެލުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދަކީ ކިއުޝޫ ޖަޒީރާގައި ހިމެނޭ މިޔަޒަކީ ޕްރިފެކްޗަރ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ޖަޕާނަކީ "ރިންގް އޮފް ފަޔާ" ގެ ތެރޭގައި ހިމެނޭ ގައުމަކަށް ވުމާއެކު، އެގައުމުގައި ބިންހެލުން އަރާ މިންވަރު ގިނައެވެ. މި ސަރަހައްދުގައި ގިނަ އަދަދެއްގެ ވޮލްކޭނޯތަކާއި ފޯލްޓް ލައިންތައް ހުރުމުން ބިންހެލުމުގެ ހާދިސާތައް ވަރަށް އާންމުކޮށް ދިމާވެއެވެ.