ފުލުހުން ބުނީ މަރުވެފައިވަނީ މ.މޫން ޑްރޮޕްސް، އުމުރުން 58 އަހަރުގެ އަހްމަދު ޝަރީފްކަމަށެވެ.
ފުލުހުން ބުނީ މާފަނުގައި ކެފޭއެއްގައި އިން މީހަކު ހަބަރު ހުސްވެގެން ވެއްޓުުމުން އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށިކަމަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ވަނީ މާލޭގެ ގެސްޓްހައުސްއެއްގެ ފާހާނާތެރޭގައި، މަރުވެފައި އޮތް މީހަކު ފެނިފައެވެ. މިދިޔަ މަހެެއްހާ ދުވަހުގެ ތެރޭގައި މަރުވެފައި އޮއްވާ ހަ މީހަކު ވަނީ ފެނިފައެވެ.