ads
ނަލަ ހިޔާއިން ތ. ވިލުފުއްޓަށް ހަދިޔާކޮށްފައިވާ "ލަހިޔާ އިސްލާމީ މަރުކަޒު"
މިސްކިތުގައި ކުޅިވަރު ކުޅުނު ވާހަަކަ ވިލުފުށީ ކައުންސިލުން ދޮގުކޮށްފި
މިސްކިތުގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ސޯސަލް މީޑިއާގައި ދައުރުކުރަމުން ގެންދާ ވީޑިއޯއަށް ތ. ވިލުފުށީ ކައުންސިލުން ޖަވާބުދާރީވެ، މިސްކިތުގައި ކުޅިވަރު ކުޅުނުކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފިއެވެ.
Advertisement

ވިލުފީ ކައުންސިލުން މިއަދު ކަމުގެ ހަގީގަތް ބަޔާންކޮށް ނެރުނު ބަޔާނުގައި ބުނީ، މި ބުރާސްފަތި ދުވަހު، ރޭގެ ވަގުތެއްގައި ފޭސްބުކް ޕޭޖެއްގައި ސަރުކާރާ، ކައުންސިލާއި، އެރަށު ސްކޫލު ބަދުނާމުވާގޮތަށް ފެތުރި ވީޑިއޯ އަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުގެ ވީޑިއޯއެއް ކަމަށެވެ. 

"އެކްޓިވިޓީ ބިލްޑިން ވީޑިއޯއަށް މިއުޒިކު އަޅައި އެޑިޓްކޮށްގެން ވަނީ އާންމުކޮށްފަ،" ކަމަށާއި، އެ ހަރަކާތަކީ އެރަށުފެ ނަލަހިޔާ އިސްލާމީ މަރުކަޒު ގެ "ނަލަ މަލާމުގައި" ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. "ނަލަމާލަމަކީ ދީނީ އަދި އިޖުތިމާއީ އެކި ބޭނުންތަކުގައި ބޭނުންކުރަމުން ދާތަނެއް،" ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މީގެ ކުރިންވެސް އެކި އެކި އިޖުތިމާއީ ހަރަކާތްތައް އެ މާލަމުގައި ކުރިއަށްގެންގޮސްފައިވާކަމަށް ވެސް ކައުންސިލުން ބުނެއެވެ، 

އެ މާލަމަކީ ކުރިން އަންހެނުން ނަމާދުކުރިން ބޭނުންކުރި ތަނެއް ނަމަވެސ،ް މިހާރު އަންހެނުން ނަމާދުކުރަނީ "މަސްޖިދުލް އުމަރު ފާރޫގު" ގެ މަތީބައިގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާބައެއްގައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ. އަދި ނަލަ މާލަމުގައި މިހާރު އަޅާފައިވާ ކާޕެޓަކީވެސް ކުރިން މިސްކިތުގައި އަޅާފައިވާ ކާޕެޓެއްކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. 

"ވިލުފުށީ ކައުންސިލަކީ ދީނީ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ދީނުގެ އިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެދަށުން ކަންކަންކުރަމުން އަންނަ ކައުންސިލެއް،" ކަމަށް އެ ކައުންސިލުން ބުންޏެވެ.

ނަމަވެސް ޓީޗަރުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށް ކައުންސިލުން ބޭއްވި ހަފްލާއެއްގެ ތަންކޮޅެއް ނަގައިގެން ކަމުގެ ހަގީގަތް އޮޅޭގޮތަށް އޭގެއަށް މިއުޒިކް އަޅައިގެން ރައްޔިތުންގެ މެދުގައި ސަރުކާރާއި، ކައުންސިލާއި އަދި ސްކޫލުގެ އަގު ވައްޓާލައި ނަފްރަތު އުފެއްދުމަށް މިފަދަ ކަންކަން ކުރުމަކީ ހިތާމަކުރާކަމެއްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ކައުންސިލުން މިހެން ބުނި ނަމަވެސް، މިސްކިތެއްކަމަށް ބެލޭ ތަނެެއްގައި ކުޅިވަރު ކުޅުނު މައްސަލަ ބަލަމުން އަންނަކަމަށާއި އެކަމުގައި ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްްޓްރީން މިއަދު ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް