މި އިންޓާންޝިޕް ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ދެ މުއައްސަސާގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ފެށުނު ޕްރޮގްރާމެކެވެ. 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ނިމިފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ.
ޕްރޮގްރާމް ނިމުމާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފް ވިދާޅުވީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ.
އިންޓާންޝިޕް ފުރިހަމަކުރި 4 ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ވަނީ އެމް.އޭ.ސީ.އެލްގައި ދާއިމީ ވަޒީފާ ހަމަޖެހިފައެވެ. އަދި މިފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށްދާ ކަމަށް ޖެންޑާ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.