ads
ތަކަންދޫގައި އޭޓިއެމް ބެހެއްޓުމަށް ސޮއިކުރުން
ތަކަންދޫގައި އޭޓިއެމް ބަހައްޓަން ބީއެމްއެލްއިން ސޮއިކޮށްފި
ހއ. ތަކަންދޫގައި އޭޓީއެމް ބަހައްޓަން ބޭންކް އޮފް މޯލްޑިވްސްއާ އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހއ އަތޮޅަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައެވެ.

ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތަކަންދޫ ކައުންސިލް ރައީސް އަދި ބީއެމްއެލްގެ ސިއީއޯ،މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.

މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއެއް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 7 ގައި އިފްތިތާހުކޮށްފައެވެ. އެކަމުގެ އެއްބަސްވުމުގައި އިކޮނިމިކް މިނިސްޓްރީއާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެކު ވަނީ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

މި މަޝްރޫއުގެ ދަށުން ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގައެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމްއެވެ. މި މަޝްރޫއެގެ ދަށުން އޭޓީއެމްތައް ބެހެއްޓުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމ ފިޔަވަހީގައި 17 ރަށެއްހައި އޭޓީއެމް ބަހްއޓާއިރު މި މަސައްކަތް އަންނަ އަހަރގެ މާރިޗު 17 އަށް ނިންމާނެއެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް ބަހައްޓާއިރު މި މަޝްރޫއުގެ އެންމެ ފަހު ފިޔަވަހީގައި 30 އޭޓީއެމް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް